އެމަނިކުފާނު މިކަން ހާމަކުރެއްވީ މިހާރު ރ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު އިންނަމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ސަރުކާރުން މި އަހަރު އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މި އަހަރުގެ ބަޖެޓުން 1.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ގެދޮރުވެރިކަމުގެ އާ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށެވެ.
އިންނަމާދޫ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިމަހުގެ ބާކީ މިއޮތް ދުވަސްކޮޅުގެ ތެރޭގައި ހައުސިން މިނިސްޓްރީއާ ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެ ކުރައްވާ މަސައްކަތުން ހައުސިން މަޝްރޫއުތައް ހިންގާނެ ފަރާތްތައް ހޯދުމަށް ހުޅުވާލާނެކަމަށެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވީ އިންނަމާދޫގައި 50 ހައުސިން ޔުނިޓް އަޅުއްވާނެކަމަށެވެ. އަދި ކައުންސިލުން ބިން ހަމަޖައްސާ ކޮންޓްރެކްޓް ހަމަޖެހުމާއި އެކު އެ މަސައްކަތް ފެށިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.