އެގްރިކަލްޗާ މިނިސްޓްރީން ބުނީ އެ ފުރުސަތުތަކަކީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާއި ގުޅިގެން ހިންގާ ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް، ދަށުން ހުޅުވާލެވިފައިވާ ފުރުސަތުތަކެއް ކަމަށެވެ. އެގޮތުން މި ޕރޮކެޖްޓްގެ ދަށުން މާސްޓާސް ޑިގްރީ އާއި ބެޗެލާސް ޑިގްރީގެ ގިނަ ފުރުސަތުތަކެއް ވަނީ ހުޅުވާލާފައެވެ.
މާސްޓާސް ޑިގްރީއިން ފުރުސަތު ހުޅުވާލާފައިވަނީ ޕްރޮޓެކްޝަން، އެންޓޮމޮލޮޖީ އަދި ޕްލާންޓް ޕެތޮލޮޖީ ދާއިރާއިން 1 ފުރުސަތުކަމުގައި އެގްރިިކަލްޗާ މިނިސްޓްރީން މައުލޫމާތުދެއެވެ.
ބެޗްލާސް ޑިގްރީ އިން ފުރުސަތު ހުޅުވާލާފައިވަނީ :
މިސްކޮލާޝިޕްތަކަކުގެ ތެރެއިން މާސްޓާސް ޑިގްރީ އަށް ޝަރުތު ހަމަވާނީ ކޯހުގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަސް ޑިގްރީ އެއް ހާސިލުކުރައްވާފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާނަމަ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެއެވެ. އަދި ބެޗްލަރސް ޑިގްރީ ގެ ކޯހަށް ކުރިމަތިލާނަމަ، ޖީ.ސީ.އީ އޯލެވެލްގެ 5 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން އަދި ޖީ.ސީ.އީ އޭލެވެލްގެ 3 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ލާޒިމްވެއެވެ.
މި ކޯހުގައި ބައިވެރިވުމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނެނީ :
ސްކޮލަޝިޕް ލިބިއްޖެ ނަމަ އެކޯސް ފުރިހަމަކުރުމަށްފަހު މިނިސްޓްރީގައި ހިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ. އެހެންކަމަށްވުމާއިއެކު އެހެން ހިދުމަތުގެ ބޮންޑެއް އޮތްނަމަ ބޮންޑުކުރި ތަނަކުން ބޮންޑު އެއްކޮށް ރިލީޒްކުރާނެ ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެއެވެ. އަދި މިކޯސްތަކަށް އެގްރިކަލްޗާ މިނިސްޓްރީ ގައި މަސައްކަތްކުރަމުންގެންދާ މުވައްޒަފުންނަށް އިސްކަންދެވޭނެ ކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ.
މި ކޯސްތަކާއިގުޅޭ އިތުރު މައުލޫމާތު ހޯދާނީ https://www.gazette.gov.mv/iulaan/324373 އިން ނެވެ.