އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މެމްބަރުން ތިބި އަދަދުތައް އާއްމުކޮށްފައެެވެ.
އެ ކޮމިޝަންގެ ހިސާބުތައް ދައްކާގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 68،968 އެވެ. މިދިޔަ އަހަރު ފެށުނު އިރު އެޕާޓީގެ މެމްބަރުންގެ އަދަދަކީ 28،704 އެވެ. މިިދިޔަ އަހަރުގެ ނިމެންދެން ޕީއެންސީ އޮތީ ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓުގެ ގޮތުގައެވެ.
ދެވަނަ އަަށް އެންމެ މެމްބަރުން ގިނައީ އިދިކޮޅު އެމްޑީޕީގައެވެ. އިލެކްޝަނުން އަލަށް އާއްމުކުރި ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ފެށުނު އިރަށްވުރެ އަހަރު ނިމުނު ިއރު އެޕާޓުން ވަނީ މެމްބަރުން މަދުވެފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް އިލެކްޝަންގެ ދަފްތަރުގައި އެމްޑިޕީގައި 50،851 މެމްބަރުން ތިބިކަމަށް ދައްކަެއެވެ. އެހެންނަމަވެސް މިހާރުވެސް 43755 މެމްބަރުންނެވެ.
ތިންވަނައަށްް އެންމެ މެމްބަރުން މިހާރު ގިނައީ ޖުމްހޫރީ ޕާޓީގައެވެ. އެ ޕާޓީގެ މެމްބަރުގެ މިހާރުގެ އަދަދަކީ 13826 އެވެ.
މިދިޔަ އަހަރުގެ ނިމުމާއި ހަމައަށް ދެވަނަ އަަށް އެންމެ މެމްބަރުން ގިނަ ޕީޕީއެމްގައި މިހާރު ތިބީ 12174 މެމްބަރުންނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޕީޕީއެމްގައި 34،698 މެމްބރުން ތިބިކަމަށް އީސީގެ ހިސާބުތަކުން ދައްކައެވެ.
ސީޔާސީ ޕާޓީގެ ދަފްތަރުގައި ދެން ހިމެނޭ ޕާޓީތަކުގެ މެމްބަރުން އަދަދު
- އެމްޑީއޭ / 9،210 މެމްބަރުން
- އަދާލަތު ޕާޓީ، / 9،049 މެމްބަރުން
- އެމްއެންޕީ / 6،050 މެމްބަރުން
- ދަ ޑިމޮކްރެޓްސް / 3،667 މެމްބަރުން
- ޕީއެންއެފް،/ 2،822 މެމްބަރުން
- އެމްޓީޑީ/ 2،359 މެމްބަރުން
- އެމްއާރްއެމް / 1،867 މެމްބަރުން
އެންމެ މެމްބަރުން ގިނަ ޕާޓިއަށް ޕީއެންސީ ވީކަން އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވަނީ އެޕާޓީއަށްް ސައްހަ ނޫން ފޯމްތަކެއް ފުރައިގެން މީހުން ވެއްދިކަމުގެ ތުހުމަތުތައް ފެންމަތިވެފައި ވަނިކޮށެވެ. އަދި އެ ފަދަ ފޯމްތަކެއް ހުށައެޅިކަމަަށް އެޕާޓީންވެސް އިއުތިރާފުވެފއިވާ ދަނޑިވަޅެއްގައެވެ.