ބީއެމްއެލުން އިސްލާމިކްގެ ހިދުމަތް ތައާރަފުކުރީ 2015 ވަނަ އަހަރުއެވެ.
ބީއެމްއެލުން ބުނީ އެ ބޭންކުގެ އިސްލާމިކް ހިދުމަތަށް 10 އަހަރު ފުރުމާ ދިމާކޮށް ފެށި މި ޕްރޮމޯޝަން ކުރިޔަށް ދާނީ މިއަދުން ފެށިގެން އަންނަ ނޮވެންބަރު މަހުގެ30ގެ ނިޔަލަށެވެ.
ޕްރޮމޯޝަންގައި ބައިވެރިވެވޭ ޝަރުތުތައް
ބީއެމްއެލުން ބުނީ މި ޕްރޮމޯޝަނުން ހޮވޭ 10 މީހުންގެ ހައްޖު ދަތުރުގެ ހުރިހާ ހަރަދެއް ހަމަޖައްސާނީ އެ ބޭންކުންކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް އިން އިއްޔެ ވަނީ ތިން ރަށެއްގެ ބްރާންޗްތައް، ބީއެމްއެލް އިސްލާމިކް އަށް ރީބްރޭންޑްކޮށްފައެވެ. ބީއެމްއެލްއިން ބުނި ގޮތުގައި، ބީއެމްއެލް އިސްލާމިކް ގާއިމުކުރެވުނީއްސުރެ އިސްލާމިކް ބޭންކިން ހިދުމަތް ދެމުން އަންނަނީ ޝާރީއާއާ އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކޮށްފައިވާ ޕްރޮޑަކްޓްތަކާއި، ބީއެމްއެލް އިސްލާމިކްގެ ފަންޑު މުޅީން ވަކިކޮށް، އިސްލާމިކް ބޭންކިންގެ ދާއިރާގައި ބައިނަލްއަގުވާމީގޮތުން ބޭނުންކުރާ އެންމެ ރަނގަޅު މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު މަހު ބީއެމްއެލްއިން ފުރަތަމަ ފަހަރަށް އިސްލާމިކް ވިސާ ކާޑުވެސް ރާއްޖެއަަށް ތާރަފުކޮށްފައެވެ.