މި މުބާރާތް އޮންނާނީ މޮލްޑޯވާގެ ޝިސިނައުގައެވެ. މުބާރާތް ކުޅޭނީ ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. މި މުބާރާތުގައި 209 ކުޅުންތެރިޔަކު ވާދަކުރާނެ އެވެ. އެއީ ޔޫކްރެއިން، މޮލްޑޯވާ، ރޮމޭނިއާ، ބުލްގޭރިއާ އަދި މިޔަންމާގެ ކުޅުންތެރިންނެވެ.
މޮލްޑޯވާ ބެޑްމިންޓަން ފެޑެރޭޝަން އިން އިންތިޒާމްކުރާ މި މުބާރާތަކީ މިއަހަރުގެ ތެރޭގައި ލައިބާ ވާދަކުރާ ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތެވެ.
ބެޑްމިންޓަން ޔޫރަޕު ކަލަންޑަރުގެ މުބާރާތްތަކުގައި ވާދަކޮށް 2023 ވަނަ އަހަރު އަދި 2024 ވަނަ އަހަރު ގައި ލައިބާ ވަނީ ޖުމްލަ 17 ބައިނަލްއަގުވާމީ މެޑަލް ހޯދައިފަ އެވެ.
މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި، ޔަންގް އެތުލީޓް އޮފް ދަ އިޔަރ ކެޓެގަރީ އިން ލައިބާ ވަނީ ބްރޯންސް މެޑަލް ހާސިލްކޮށްފަ އެވެ.