ads
ރައީސް ސޯލިހް
ސާލިހްގެ ވެރިކަމުގެ ފަހުއަހަރު ރައީސް އޮފީހަށް އޭ ސްޓާ
ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ވެރިކަމުގެ ފަހު އަހަރު ރައީސް އޮފީހުން ހަރަދުތައް ކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ވަރަށް ރަނގަޅަށް ކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.
Advertisement

އޮޑިޓް އޮފީހުން އާއްމުކުރި 2023 ވަނަ އަހަރުގެ ރައީސް އޮފީހުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނީ އެ އަހަރު ރައީސް އޮފީހުން  ކަންކަން ކޮށްފައިވަނީ އެ އޮފީހުން ކަނޑައެޅި ބަޖެޓާއި އެއްގޮތަށް ކަމަށެވެ. 

2023 އަހަރު ރައީސް އޮފީހުން މާލީ ކަންކަން ބަލަހައްޓާފައި ވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ. އެގޮތުން ހުރިހާ ހަރަދެއް ކުރުމަށްފަހު، އެ އޮފީހަށް ފާސްކޮށްދިން ބަޖެޓުން 19 މިލިއަން ރުފިޔާ ބާކީކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. 

2023ގައި ރައީސް އޮފީހަށް ފާސްކޮށްދީފައިވަނީ 230 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުން އެ އޮފީހުން ހަރަދު ކޮށްފައިވަނީ 210 މިލިއަން ރުފިޔާއެވެ.

ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުވައްޒަފުން މުސާރައާއި އެލަވަންސްތައް ދިނުމަށާއި އޮފީސް ހިންގުމަށެވެ. ދެން ބޮޑު ހަރަދެއް ކުރީ ދަތުރުފަތުރަށެވެ. އެކަމަށް ކަނޑައެޅި 220 މިލިއަން ރުފިޔާގެ ބަޖެޓުން ހަރަދު ކޮށްފައިވަނީ 201 މިލިއަން ރުފިޔާއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް