މިނިސްޓްރީން ކޮލާޝިޕްގެ ފުރުސަތުތަކެއް ހުޅުވާފައިވަނީ ޕާކިސްތާނު، އިންޑިއާ، މިސްރު، ތައިލެންޑް އަދި އަޔަލެންޑުންނެވެ.
ޕާކިސްތާނުން ، 7 ދާއިރާއަކުން ބެޗްލާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު
މި ސްކޮލާތަކަށް ހޮވޭ ކުދިން ކިޔަވަން ހަމަޖެހިފައިވަނީ އައްލާމާ މުހައްމަދު އިގުބާލް ޔުނިވާސިޓީގައެވެ. އަދި މި ކޯސްތަކަށް އެޕްލައިކުރުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 10 އެވެ. މި ކޯސްޓަކަށް އެޕްލައި ކުރަން ޖެހެނީ ޕާކިސްތާންގެ ހަޔަރ އެޑިޔުކޭޝަން ކޮމިޝަންގެ ވެބްސައިޓް މެދުވެރިކޮށެވެ.
މޮރޮކޯ
10 ބެޗްލަރސް ޑިގްރީ
5 މާސްޓަރސް ޑިގްރީ
5 ޕީ.އެޗް.ޑީ
މޮރޮކޯގެ ސްކޮލާޝިޕްތަކަށް ހުށައަޅަން ޖެހޭ އެންމެ ފަހުގެ ވަގުތަކީ 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިންނެވެ. މި ސްކޮލާތަކަށް ހުށައަޅަން ޖެހެނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލް މިނިސްޓްރީގެ ޕޯޓަލް އަދި މޮރޮކޯ އޭޖެންސީ ފޯ އިންޓަރނޭޝަނަލް ކޯޕަރޭޝަން (އޭ.އެމް.ސީ.އައި)ގެ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށެވެ.
މިސްރުގެ އަޒްހަރު ޔުނިވާސިޓީން
މި ސްކޮލާޝިޕްތަކަށް އޮންލައިން އެޕްލިކޭޝަން ހުށަަޅަންޖެހެނީ 6 އޮގަސްޓު 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިންނެވެ. އަދި އެޕްލިކޭޝަންގެ ހާޑް ކޮޕީ ހުށަހެޅަޏް ޖެހޭނީ 12 އޮގަސްޓު 2026 ވާ ހޮނިހިރު ދުވަހުގެ 11.00 ގެ ކުރިން މި މިނިސްޓްރީގެ ކައުންޓަރަށެވެ.
އިންޑިއާ / މަރްވާޑީ ޔުނިވާސިޓީން ގުޖްރާތު
މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 31 ޖުލައި 2026ވާ ހުކުރު ދުވަހެވެ.
މި ގައުމުތަކުގެ އިތުރުން ތައިލެންޑުގައި މާސްޓާސް ފެންވަރަށް ކިޔެވުގެ ފުރުސަތާއި އަޔަލެންޑުން މާސްޓާސް ޑިގްރީއާ ހަމައަށް ކިޔެވުމަށް ފުރުސަތުވެސް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;