އައިއޭއެސްގެ ޗެއާމަނަކަށް ޝަފީއު އައްޔަންކުރިކަން އެކުންފުނިން އިއުލާންކޮށް ކުންފުނިން ވަނީ އޭނާ އަށް މަރުހަބާ ކިޔާފައެވެ.
ޝަފީއުވަނީ މީގެ ކުރިންވެސް އައިއޭއެސްގެ ޗެއާމަންގެ މަގާމު ފުރުއްވާފައެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޝަފީއު އެ މަގާމުގައި ހުންނެވީ 2014 އިން ނޮވެމްބަރު 2018ގެ ނިޔަލަށެވެ. އައިއޭއެސްގެ ޗެއާމަންކަން ރައީސް ޔާމީން ވެރިކަމުގައި ޝަފީއު ފުރުއްވިީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވަމުންނެވެ.
މި ސަރުކާރުގައި ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް ޝަފީއު އައްޔަންކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
ޝަފީއު ވަނީ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2012 އިން 2013 އަށް ފިޝަރީޒް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ.