ads
ބީއެމްއެލްއިން ސަލާޙުއްދީނާއި ހިރިޔާ ސްކޫލްގެ ސެން ކްލާސް ތަރައްގީކޮށްފި -- ފޮޓޯ/ ބީއެމްއެލް
ބީއެމްއެލްއިން ސަލާޙުއްދީނާއި ހިރިޔާ ސްކޫލްގެ ސެން ކްލާސް ތަރައްގީކޮށްފި
މުޖުތަމައަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ދަށުން، ހުޅުމާލޭގައި ހުންނަ ސަލާހުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގެ ސެން ކްލާސްރޫމުތައް ތަރައްގީ ކޮށްފި އެވެ.
Advertisement

މި މަސައްކަތް ކޮށްފައިވަނީ މުޖުތަމައަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުންނެވެ.

ބޭންކުން ފޯރުކޮށްދިން އެހީތެރިކަމާ އެކު އެ ދެ ސްކޫލްގެ ސެން ކްލާސްތަކުގައި ކިޔަވަމުން އަންނަ 200 ވަރަކަށް ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މި ދެ ސްކޫލަށް ބޭންކުން ފޯރުކޮށްދިން އެހީގެ ތެރޭގައި ކްލާސްރޫމްތައް މަރާމަތުކުރުމާއި ކުދިން އުނގެނުމަށް ބޭނުންކުރާ ތަކެތި ފޯރުކޮށްދެވުނު ކަމަށް ބީއެމްއެލް އިން ބުނެ އެވެ. މި ކްލާސްރޫމްތަކަށް ހަދިޔާކުރެވެނު ތަކެއްޗަކީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއް ކަމަށް ބޭންކުން ބުނެ އެވެ. 

your imageބީއެމްއެލްއިން ސަލާޙުއްދީނާއި ހިރިޔާ ސްކޫލްގެ ސެން ކްލާސް ތަރައްގީކޮށްފި -- ފޮޓޯ/ ބީއެމްއެލް

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ބޭންކުން ހަދިޔާ ކޮށްފައިވާއިރު ބޭންކުން ވަނީ ޢިމާދުއްދީން ސްކޫލުގައި ތެރަޕީ ރޫމެއް ގާއިމު ކުރުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. 

އަދި މީގެ އިތުރުން ބޭންކުން ވަނީ އަތޮޅުތެރޭގެ ސްކޫލުތަކުގެ ކޮންޕިއުޓަރ ލެބްތަރައްގީކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް