ads
ރައްޔިތުން މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހްމަދު ޒަމީރު
ސަރުކާރުގެ އިދާރީ މަސައްކަތާއި މެދު ރައްޔިތުން ހޭލުންތެރިކުރަން ޖެހޭ: އެމްޕީ ޒަމީރު
ސަރުކާރުގެ އިދާރީ މަސައްކަތްތައް ހިނގަމުންދާ ގޮތާމެދު ރައްޔިތުން ހޭލުންތެރިކަން އިތުރުކޮށް ރައްޔިތުންގެ މަންދޫބުން މިކަންކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހްމަދު ޒަމީރު ވިދާޅުވެއްޖެ އެވެ.
Advertisement

ޒަމީރު ވިދާޅުވީ ޑިމޮކްރެޓިކް ޖުމްހޫރިއްޔަތެއްގައި ރައްޔިތުން ރައީސަކު އިންތިހާބު ކުރަނީ ގައުމު ހިންގެވުމަށް ކަމަށާއި ވައުދުތަކާއި ވައުދުތަކުގެ މެނިފެސްޓޯގެ މައްޗައް ރައީސް ކެމްޕެއިން ކުރައްވާއިރު، އިންތިހާބަށް ފަހު، އެ ވައުދުތައް ތަންފީޒުކުރުމަށާއި ސްޓްރެޓެޖިކް ޕްލޭން ތަންފީޒު ކުރުމަށް ކެބިނެޓެއް އެކުލަވާލަވާލާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް މަންދޫބުން ވެސް މި ހޮވަނީ ރައްޔިތުން ކަން ފާހަގަކުރައްވާ ޒަމީރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެއް ޕާޓީއަކަށް ރައްޔިތުންދިނުމުން ދޭހަކޮށްދެނީ އެއްބައިވަންތަ އަދި ޒިންމާދާރު ސަރުކާރެއް އުފެއްދުމަށް އެ ޕާޓީއަށް ރައްޔިތުންގެ އިތުބާރު އޮތް ކަން ކަމަށެވެ. މި އަޣުލަބިއްޔަތުގެ ސަބަބުން ރައްޔިތުއްނަށް ބޭނުންވާ ގާނޫނުތަކާއި ބިލްތައް ހަރުދަނާގޮތެއްގައި ފާސްކުރުމުގެ މަގު ފަހިވެގެންދާ ކަމަށެވެ. އަދި ވިދާޅުވީ ސުޕަމެޖޯރިޓީއެއްގެ ސަބަބުން މައިނޯރިޓީގެ ދެކޮޅުވެރިކަން ކުޑަވެ، ވެރިކަންކުރާ ޕާޓީގެ ޕްލޭންތައް ތަންފީޒުކޮށް، ހަރުދަނާ ގޮތެއްގައި ނިންމުންތައް ނިންމުމުގެ ބާރު ވެރިކަން ކުރާ ޕާޓީއަށް ލިބިގެން ދާ ކަމަށެވެ.

"ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ. ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި މި މަގާމުތަކަށް އައްޔަންކުރައްވާ ބޭފުޅުންނަކީ، ރައްޔިތުންގެ މަސްލަހަތައް ބުރޫއަރާނެ ކަމެއްއޮތް އަދި މަގާމައް ގާބިލްތޯ ނޫންތޯ އެކި މަރުހަލާތަކުގަ ބެލިގެންދާ ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ނިޒާމެއް މިއަދު މިއޮތީ." ޒަމީރު ވިދާޅުވި އެވެ.

ވަޒީރުންނާއި އެސްއޯއީތަކުގެ އިސްވެރިން އެއުފުއްލަވަނީ ވަރަށް ބޮޑު ޒިންމާއެއް ކަން ފާހަގަ ކުރައްވާ ޒަމީރު ވިދާޅުވީ އެ ފަރާތްތަކުގެ މަސްއޫލިއްޔަތަކީ ހަމައެކަނި އެ ފަރާތްތަކުގެ ވުޒާރާތައް ނުވަތަ ވިޔަފާރިތަކުގެ ދުވާލެއްގެ މައްޗަށް ހިންގާ ކަންކަން ބެލެހެއްޓުމުގެ އިތުރުން ގައުމީ ފަސް އަހަރުގެ ޕްލޭން ކާމިޔާބުކަމާއެކު ތަންފީޒު ކުރުމުގެ މަސައްކަތް ކުރުން ކަމަށެވެ.

ސްޓްރެޓެޖިކް ޕްލޭނިންގ އަދި ޕޮލިސީ ޑިވެލޮޕްމަންޓް ގައުމީ ވިސްނުމާ އެއްގޮތްވާ ގޮތުގެ މަތިން ސްޓްރެޓެޖީތަކާއި ސިޔާސަތުތައް އެކުލަވައިލައި، ފުޅާ ދާއިރާއެއްގައި ދިރާސާކޮށް، ތަރުތީބުކޮށް، މަޝްވަރާކުރަން ޖެހޭނެ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ. ބަޖެޓް މެނޭޖްކުރުމާއި ވަސީލަތްތައް ކަނޑައެޅުން، މުހިންމު ބަޖެޓްތައް ބެލެހެއްޓުމާއި، ޑިޕާޓްމަންޓްގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ ވަސީލަތްތައް ހަރުދަނާގޮތެއްގައި ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެފަރާތްތަކުގެ ބޮލުގައި އެޅިފައިއޮތްކަން ފާހަގަކުރައްވާ ޒަމީރު ވިދާޅުވީ ސަރުކާރު ހިންގުމުގެ ޕާފޯމަންސް މޮނިޓަރިން ހަރުދަނާ އޮޕަރޭޝަންތައް ކަށަވަރުކުރުމާއި، ކީ ޕާފޯމަންސް އިންޑިކޭޓަރުތައް މޮނިޓާކުރުމާއި، ދިމާވާ ކޮންމެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަކީ ވެސް ކުންފުނިތަކުގެ ވެރިންގެ ޒިންމާއެއް ކަމަށެވެ.

އަދި ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް އަދި ޕަބްލިކް ރިލޭޝަން، ޕްރައިވެޓް ސެކްޓަރ އާއި މަދަނީ ޖަމްއިއްޔާތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއްތްތައް ހިމެނޭގޮތަށް އެކި އެކި ސްޓޭކް ހޯލްޑަރުންނާ ގުޅިގެން އެއްބަސްވުންތައް ގާއިމުކޮށް، އެއްބާރުލުން އިތުރުކޮށް ދައުލަތުގެ މަސަލަހަތު ހިމާޔަތްކޮށް ވަރުގަދަކުރުމަކީ ވެސް ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް އައްޔަނުކުރާ ފަރާޔްތަކުގެ ޒިންމާއެއް ކަމަށެވެ.

"ބައިނަލްއަގުވާމީ ގުޅުންތަކާއި އެއްބާރުލުން އިތުރުކޮށް ގުޅިލާމެހިފައިވާ ދުނިޔޭގައި، ގައުމީ މަސްލަހަތު ކުރިއެރުވުމަށްޓަކައި ބައިނަލްއަގުވާމީ މަޝްވަރާތަކާއި ޕާޓްނަރޝިޕްތަކުގައި މަޝްވަރާކޮށް ދިވެހި ރައްޔިތުންނަށް ހުރި ގޮންޖެހުންތަކަށް ހައްލުހޯދައިދިނުން. ކުރުގޮތަކަށް އަޅުގަނޑު މިދައްނަވާލީ. ދައުލަތުގެ އެކިއެކި މަސްއޫލިއްޔަތުތައް ހަވާލުކޮށްފަވާ ބޭފުޅުން މަސްއޫލިއްޔަތު އަދާ ކުރޭތޯ ބެލުމަކީ ރައްޔިތުންގެ މަންދޫބުންގެ ޒިންމާއެއް އަދި އެކަން މަޖްލީހުގެ ގަވައިދު އަދި ގާނޫނީ ތަރަހައިގެ ތެރެއިން ކުރެވޭނެ އިންތިޒާމު ވަރަށް ސަރީހަކޮށް ބަޔާންކުރެވިފަވޭ. ނަމަވެސް ބައެއް ބޭފުޅުންނަށް މިނިޒާމުގެ ޗެކް އެންޑް ބެލެންސްގެ މަރުހަލާތައް ދިރާސާކުރެވިފައިވާ މިންވަރު މަދުކަމުން އެބޭފުޅަކަށް ފެންނަ ނުވަތަ ހިތައްއަރާ އެއްމެ ރަނގަޅު ގޮތަކަށް ކަންކަން ކުރައްވަނީ. އަޅުގަނޑު ދެކޭގޮތުގައި އެއީ އެއްމެ ރަނގަޅުގޮތެއް ނޫން." ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ މިނިސްޓަރުންނާ ދައުލަތުގެ ކުންފުނިތަކުގެ ވެރިން އަދި އެކިއެކި ވުޒާރާތަކުގެ ވެރިންނަކީ ވަރަށް ޑިމާންޑް ބޮޑު ވޯކްލޯޑުގެ ސަބަބުން އެބޭފުޅުންގެ ފުރިހަމަ ސަމާލުކަން ހިންގުމުގެ މަސްއޫލިއްޔަތު އޮންނަ ބައެއް ކަމަށާއި ގިނަ ފަހަރަށް ގިނަ ވަގުތު މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން ކުއްލި އަކަށް ބައްދަލުވުންތަކަށް ނުވަތަ ފޯން ކޯލްތަކަށް ވެސް އެބޭފުޅުންނަށް ޖަވާބުދާރީ ވެވޭ މިންވަރު މަދުވާނެ ކަމަށާއި އެކަން އަޅުގަނޑުމެންގަބޫލްކުރަންވެސް ޖެހޭނެ ކަމަށެވެ. 

މިއީ އެބޭފުޅެއްގެ އިލްމާ ލިބިފައިވާ ތަޖްރިބާއާއި ހިލްމެއްގެ ބޭނުން އެންމެ ބޮޑުކޮށް ވިސްނާފައި މަސައްކަތް ކުރަން އަދި އެންމެ ގިނަވަގުތެއް ޕްލޭނިންގައި މަރްހަލާޔެއްގައި އެބޭފުޅަކު ވިސްނަންވީ ޒިންމާތައް ހިމެނޭ ބުރަ މަސްއޫލިއްޔަތުތައް ކަމަށާއި އެހެންވެ މިސަބަބުތަކައްޓަކައި އެބޭފުޅުންނަށް ހާއްސަ އިމްތިޔާޒްތަކެއް ދެވިފަ ހުންނަ ކަމަށެވެ. 

އަޅުގަނޑުމެންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެހެން ވަގުތުތަކުގެ އިތުރުން މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކާ އިރުވެސް ފޯނު ކޯލުތައް އެބަ އާދޭ މެދު ނުކެނޑި، އަޅުގަނޑު މެންނަކީ ވެސް އިންސާނުން ހަނދާވެސް ނެތޭ ފަހަރު އާދޭ އެކަމަކު ވީވަރަކުން ފޯނަށް ޖާވާބުދެން އަދި އަޅުގަނޑު ބޭނުންވަނީ ވެސް ޕާސަނަލީ އެބޭފުޅަކާ ބައްދަލުކޮށް އެ ވާހަކަތައް އަޑުއެހުމަށް އަދި ހައްލު ހޯދައިދެވެން އޮތްކަމަކަށް އެހައްލު ހޯދައި ދެވޭތޯ އެއްމެ ރަނގަޅަކަށް މަސައްކަތް ކުރުމަށް، މަޖިލިސް މެންބަރުންނަކީ ރައްޔިތުންނާގާތުން މަސައްކަތް ކުރަން ޖެހޭބައެއް މިއާހިލާފަށް މިނިސްޓަރުންނާ ކުންފުނިތައް އަދި ވުޒާރާތަކުގެ ވެރިންނަކީ ވަރަށް މަސްއޫލިއްޔަތު ބޮޑު ބުރަ މަސައްކަތެއް ކުރާބައެއް އެހެންވީމާ، ގާއިމުކުރެވިފައިވާ އިޖުރާއަތްތަކާއި ޕްރޮޓޮކޯލްތަކުން، އެޕޮއިންޓްމެންޓްތަކާއި ބައްދަލުވުންތައް ހިންގަނީ، އެފަރާތްތަކުގެ ވަގުތުގެ ބޭނުން ހަރުދަނާ ގޮތެއްގައި ހިފުމަށްޓަކައި." ޒަމީރު ވިދާޅުވި އެވެ.

އެއްވެސް ވަޒީރަކު ނުވަތަ އެސްއޯއީގެ އިސްވެރިޔަކު މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާނަމަ ނުވަތަ ސަރުކާރުގެ ވައުދުތައް ފުއްދައިނުދެވިއްޖެނަމަ، އެ ފަރާތްތައް ހާޒިރުކޮށް ސުވާލުކޮށް ސާފުކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވާކަން ފާހަގަކުރައްވާ ޒަމީރު ވިދާޅުވީ ރައްޔިތުންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ރައްޔިތުންނަށް ޝަކުވާ ހުށަހެޅޭނެ ވަސީލަތްތަކާއި ރިކުއެސްޓްތައް ކުރެވޭނެ ނިޒާމް މި ސަރުކާރުން ގާއިމްކޮށްދެއްވާ ކަމަށެވެ.

އެގޮތުން ރައްޔިތުންނާ ސީދާ ރައީސް ބައްދަލުވުންތަކެއް ބާއްވައި އެފަރާތްތަކުގެ ކަންބޮޑުވުންތަކާއި ބެހޭގޮތުން މަޝްވަރާކޮށް، އެފަރާތްތަކުގެ ވިސްނުން ތައް އަޑުއައްސަވާތަން މިހާރުވެސް ރައީސް އަތޮޅުތެރެއަށް ކުރައްވާ ދަތުރުތަކުން ސާފުވާކަމަށެވެ. މީގެ ކުރިން އޮތް ސަގާފަތަކީ ބަޔަކު މެދުވެރިކޮށް މިކަންކަން ހިންގުން ކަމަށާއި ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ސިޔާސަތުގައި އޮތީ ރައްޔިތުންގެ އަޑު ސީދާ ރައީސް އަޑު އެއްސެވުން ކަމަށެވެ. އަދި މިހާރު ރަށްރަށަށް ވަޑައިގެން ރައީސް އެކުރައްވަނީ އެ މަސައްކަތްކަން ޒަމީރު ފާހަގަ ކުރެއްވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް