ads
ގެއެއްގެ ފަސް ވަނަ ފްލޯ އިން ކުއްޖަކު ވެއްޓެނިކޮށް ވަނީ ސަލާމަތްކޮށްފައި.
މަންޒަރު ބިރުވެރި: 5ވަނަ ފްލޯއިން ކުޑަކުއްޖަކު ވެއްޓެނިކޮށް ސަލާމަތްކޮށްފި
ގެއެއްގެ ފަސް ވަނަ ބުރީގެ އެޕާޓްމަންޓަކުން ކުޑަކުއްޖަކު ކުޑަދޮރުން ފައިބަން އުޅެނިކޮށް އެ ކުއްޖާ ސަލާމަތްކުރާތަން ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
Advertisement

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ ވަރަށް ބޮޑަށް ހުޅުވިފައިވާ ކުޑަދޮރެއްގެ ފާރުކޮޅު މަތީ ކަކޫ ޖަހައިގެން ކުއްޖަކު އޮންނަ ތަނެވެ. އަދި މަޑުމަޑުން ވާތު ފައި މަގަށްވާ ގޮތަށް ބޭރަށް ނެރި މަޑުމަޑުން ހުންނަ ތަން ވެސް ފެނެއެވެ.

އެ ވަގުތު މަގުމަތީ ތިބި މީހުން ހަޅޭއްލަވާ އަޑު ވެސް އިވެއެވެ. އަދި އެ ކުއްޖާ ގާތު އެތެރެއަށް ވަންނަން ގޮވައި އަޑު ވެސް އިވެއެވެ.

ކުޑަދޮރުން ބޭރަށް ދެފައި ލައިގެން އިންދާ ކުއްޖާ ސަލާމަތްކުރީ ގޭތެރެއިން މީހަކު އެ ކުއްޖާ ކުއްލިއަކަށް އެތެރެއަށް ދަމައިގަނެގެންނެވެ. އެއީ އެ ގޭ މީހަކު ކަމެއް ނުވަތަ މަންޒަރު ފެނިގެން އެ ގެޔަށް ވަން މީހެއް ކަމެއް ނޭނގެ އެވެ.

މިއީ ކިހިނެއް ހިނގި ހާދިސާއެއް ކަމެއް އަދި ނޭނގެ އެވެ. ކުޑަކުދިންނާ ގުޅުން ހުންނަ މި ބާވަތުގެ މައްސަލަތައް އިހުމާލުގެ މައްސަލަތަކުގެ ގޮތުގައި މީގެ ކުރިން ބަލާފައިވެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާ ހިނގައިފައިވަނީ މާލޭ، ހެންވޭރު ބުރެވިމަގުގައި ހުރި ގެއެއްގެ ފަސްވަނަ ފަންގިފިލާގައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.

މާލޭގެ އުސް އިމާރާތްތަކުގެ ބެލްކަނީންނާއި ކުޑަދޮރު ކައިރީ، ބޮޑު މީހަކު ނެތި މިހެން ކުޑަކުދިން އުޅޭ މަންޒަރު ފެންނަ ވީޑިއޯ ދޭތެރެއަކުން ދައުރުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް