ads
މޯލްޑިވް ގޭސްގެ ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި
މޯލްޑިވް ގޭސްގެ ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

މޯލްޑިވް ގޭސް އިން ވަނީ އޭޕްރިލް 19 ވަނަ ދުވަހުން ފެށިގެން އެކުންފުނީގެ ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެންނަން ނިންމާފަ އެވެ. 

އެގޮތުން މާދަމާއިން ފެށިގެން ހޮނިހިރު އަދި ބުރާސްފަތި ދުވަހަށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑި އަކީ ހެނދުނު 09:00 އިން ހަވީރު 04:00 އަށެވެ. އަދި ހުކުރު ދުވަހު އެކުންފުނީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ މެންދުރުފަހު 03:00 އިން ރޭގަނޑު 08:30 އަށެވެ. 

މީގެ އިތުރުން ކަސްޓަމަރުންނަށް ފަސޭހައިން ގޭސް ފޯރުކޮށް ދިނުމަށް މޯލްޑިވް ގޭސް އިން ވަނީ އެކުންފުނީގެ ގޭހަށް އޯޑަރު ކުރުމަށް ހަތަރު ޕްލެޓްފޯމެއް ގާއިމް ކޮށްފަ އެވެ. 

އެގޮތުން އެ ކުންފުނީގެ ކޯލް ސެންޓަރުގެ ނަންބަރު، 1616 އަށް ގުޅައިގެން ގޭސް ފުޅިއަށް އޯޑަރު ދިނުމުގެ އިތުރުން، އޮންލައިންކޮށް އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ގޭސް އޯޑަރު ކުރެވޭނެ އެވެ. އަދި ވައިބާ މެދުވެރިކޮށް، 7935614 އަށް މެސެޖުން ވެސް ގޭހަށް އޯޑަރު ކުރެވޭނެ އެވެ. 

އެސްއެމްއެސް މެދުވެރިކޮށް ގޭހަށް އޯޑަރު ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފއި ވާއިރު، "ހެލްޕް" ޖެއްސެވުމަށް ފަހު 7201616 އަށް މެސެޖު ކުރެއްވުމުން އެސްއެމްއެސް މެދުވެރިކޮށް ގޭހަށް އޯޑަރު ކުރާނެ ގޮތް އެނގިގެން ދާނެ އެވެ.  

ކުރިއާ ހިލާފަށް، ގޭސްފުޅި ޑެލިވާ ކުރުމަށް މިހާރު ހަމަޖެހިފައި ވަނީ ގެއާ ހަމައަށެވެ. އަދި ހުސްފުޅި ގޭގެ ބޭރުން ނެގޭނެ ގޮތް ހެދުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް