ads
ބަނގްލަދޭޝް ހައި ކޮމިޝަނުން އިއްޔެ ލޭ ހަދިޔާ ކުރާ ކޭމްޕް އެއް ބާއްވައިފި އެވެ
ބަނގުލަދޭޝް ހައިކޮމިޝަނުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕް އެއް ބާއްވައިފި
ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނުން އިއްޔެ މާލޭ ތެލަސީމިއާ ސެންޓަރުގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފިއެވެ.
Advertisement

މި ހަރަކާތަކީ ބަންގްލަދޭޝްގައި ގައުމު ބިނާކުރުމުގެ ހަރަކާތްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރިއަށްގެންދާ ފެސްޓިވަލް އޮފް ޔޫތު 2025އާ ގުޅުވައި، ހައި ކޮމިޝަނުން ބޭއްވި ހަރަކާތެކެވެ.

އެ ހަރަކާތުގައި ޖުމްލަ 50 ބްލަޑް ބޭގްގެ ލޭ ހަދިޔާކޮށްފައިވެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުން އެ ހަރަކާތުގައި ބައިވެރިވެ، ލޭ ހަދިޔާކޮށްފައިވެއެވެ. އަދި އެކްޓިން ހައިކޮމިޝަނަރު ސޮހެލް ޕަރުވޭޒް ވެސް ކޭމްޕަށް ޒިޔާރަތް ކުރައްވައި، ލޭ ހަދިޔާ ކުރެއްވިއެވެ.

your imageބަނގްލަދޭޝް ގެ މީހުން ލޭ ހަދިޔާ ކުރުމުގެ އިވެންޓް ތެރެއިން 

ޕަރުވޭޒް ވިދާޅުވީ އެފަދަ ހަރަކާތްތަކުން ދެ ގައުމުގެ ރައްޔިތުންގެ ގުޅުން ރަނގަޅުވާނެ ކަމަށެވެ.

އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް އޭނާ ހަނދާނީ ލިޔުން ވެސް ދެއްވިއެވެ.

މީގެ އިތުރުން އެފަދަ ހަރަކާތެއް ބާއްވަން ފުރުސަތު ދިނުމުން މޯލްޑިވިއަން ބްލަޑް ސާވިސަސްއަށް ޕަރުވޭޒް ޝުކުރު އަދާކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް