މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މިއަދު މެންދުރު ގާތްގަޑަކަށް އެކެއް ޖެހިންސުރެ ވެރިރަށް މާލެއަށް އަންނަނީ ވާރޭ ވެހެމުންނެވެ.
އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
މެޓް ބުނީ މިހާރު ރާއްޖެކުރަމުންދާ ވިއްސާރަ އަލިވާނެކަމަށް ބެލެވެނީ އަންނަ ބުދަދުވަހުއެވެ.
މެޓުން ވަނީ ނ އަތޮޅުން ފ އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.