ދިރުވާލައިގެން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވަތާކެތި އެތެރެކުރީ، އުމުރުން 44 އަހަރުގެ ބްރެޒިލް މީހެކެވެ. އޭނާގެ ނަމަކީ ލެންޑަސަން ޑިޕައުލޯ ގާސިއާ އެވެ. އޭނާ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، އޭނާގެ މައްސަލަ އަންނަ ހަފްތާގައި ޝަރީއަތަށް ހުށަހެޅޭނެ ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހާއާއެކު، ދައުލަތުން އަންނަނީ އިއުތިރާފު އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
މި މީހާ ރާއްޖެއަށް އެތެރެކުރި މަސްތުވާ ތަކެއްޗާ ހަވާލުވީ ދިވެހި މީހާވެސް ހުރީ ބަންދުކޮށްފަ އެވެ. އެއީ، އުމުރުން 39 އަހަރުގެ ފިރިހެނެކެވެ.
ލެންޑަސަންގެ ހަށިގަނޑު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 107 ރަބަރު ބުލެޓު ފެނިފައިވާއިރު، މައްސަލައާ ގުޅިގެން އޭނާ އެއްބާރުލުން ދެމުން އަންނަ ކަމަށް ފުލުހުންނާ ހަވާލާދީ ކްރިމިނަލް ކޯޓުން ބުންޏެވެ. އެ މައްސަލައަކީ ރޭވިގެން ޖަމާއަތް ހަދައިގެން ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށް އެ ކޭސްގައި ހިމެނޭ މީހެއްގެ ބަންދު އަމުރު ރިޕޯޓުން އެނގެ އެވެ.