ads
ރައީސް މުއިއްޒުގެ ދެކަނބަލުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ރައީސް އަދި ބޮޑުވަޒީރާއި އެކު
އިންޑިއާ އާ އެކު ގުޅިގެން މަސައްކަތް ކުރުމުގައި ސާބިތުވެ ތިބޭނަން: ރައީސް
އަވައްޓެރި އިންޑިއާ އާއިއެކު އޮތް ހާރިޖީ ގުޅުން އިތުރަށް ވަރުގަދަ ކޮށް އެކި ދާއިރާ ތަކުން ގުޅިގެން މަސައްކަތް ކުރުމުގައި ދެމި ހުންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިޒު ވިދާޅު ވެއްޖެއެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަރުސްކުރައްވާ ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމަކީ އަބަދުވެސް ވަރަށް ބަދަހި ގުޅުމެއް ކަމަށެވެ. އަދި މި ގުޅުން ރާއްޖޭން އަބަދުވެސް ބަލައިގަނެ އެ ގުޅުމުގެ އަގު ވަޒަންކުރާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށާއި ދެޤައުމުގެ ރައްޔިތުންނަށް ފައިދާކުރާ ކަންކަމުގައި އެކުގައި މަސައްކަތް ކުރެއްވުމަށް ސާބިތުކަމާއެކު ހުންނެވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހަކީ އެޤައުމުން މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާ ގުޅިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. އެ ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާފައިވަނީ 26 ޖެނުއަރީ 1950ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް