ads
ނޫސްވެރިކަމާ އިންޓާނެޓް ރެގިއުލޭޓް ކުރާކަށް ނޫޅެން: ސަރުކާރު
ނޫސްވެރިކަމާ އިންޓާނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފް ކުރާކަށް ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހިނާ ވަލީދު ވިދާޅުވެއްޖެއެވެ.
Advertisement

ތަރުޖަމާނު ހިނާ މިހެން ވިދާޅުވެފައިމިވަނީ ނޫސްވެރިކަމާ އިންޓާނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފް ކުރަން ބިލެެއް ރައްޔިތުން މަޖިލަހަށް ހުށައެޅުމަށް ތައްޔާރުވަމުން އަންނަކަމަށް ރައްޔިތުން މަޖލީހުގައި ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެފައި ވަނިކޮށެވެ. 

ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވެޑައިގަންނަވާ ނާޒިމް ވިދާޅުވީ އެ ބިލުގެ މަސައްކަތް ކުރަމުން އަންނަތާ ދެ މަހެއް ވަރުވެއްޖެކަމަށާއި އެ ބިލް މަޖިލިސް އާ ދައުރަަށް ހުޅުވުމުން ހުށައަޅަން ތައްޔާރުވަމުން އަންނަކަމަށެވެ. 

މަޖިލީހުގެ ނައިބު ރައީސްް ދެއްކެވި ވާހަކަތައް ދޮގުކުރައްވާ ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިކަމާ އިންޓާނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފް ކުރާކަށް ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރާކަމަށެވެ. އަދި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް އެފަދަ ބިލެއް ހިމެނިފައި ނުވާނެކަމަށާއި ކުރިއަށްއޮތް ތަނުގައިވެސް އެފަދަ ބިލެއް ތައާރަފް ކުރުމުގެ ވިސްނުމެއްނެތްކަމަށް ހީނާ ވިދާޅުވިއެވެ. 

" ކުރިންވެސް ހާމަކުރައްވާފައިވާ ގޮތަށް މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތު. މިސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ޤާއިމްކޮށް ދެމެހެއްޓުން." ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ. 

ސަރުކާރަށް މީޑިއާތަކުގެ ކޮންޓްރޯލް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް މީގެ ކުރިންވެސް ހުށައެޅިއެވެ. މީޑިއާތަކުގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ އަދި ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހަޅާފައިވާ ބިލެކެވެ. ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރެވެ. 

މި ބިލަށް ނޫސްވެރިންނާއި އާއްމުންގެ ފާޑިކިޔުންތައް ބޮޑުވުމުން އެންމެ ފަހުން ބިލްހުށައެޅުއްވި މެމްބަރުން ވަނީ ބިލް އަނބުރާ ގެންގޮސްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް