ads
ފޮޓޯ: ހޯމް މިނިސްޓްރީ
ނިމިދިޔަ އަރަށްވުރެ ފުރިހަމަ ހިދުމަތެެއް މިއަހަރު ފުލުހުން ފޯރުކޮށްދޭން ޖެހޭނެ: އިހުސާން
ނިމިދިޔަ އަހަރަށް ވުރެ ފުރިހަމަ ހިދުމަތެއް ފުލުހުންގެ ފަރާތުން ރައްޔިތުންނަށް މިއަހަރު ފޯރުކޮށްދޭން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރ މިހެން ވިދާޅުވީ ފުލުހުންގެ 38 ވަނަ ޕޮލިސް އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ ރައްޔިިތުންނަކީ މިދިޔަ އަހަރަށްވުރެ ބޮޑަށް މި އަހަރަށް ކުރާ އުންމީދު އިތުރުވާނެ ކަމަށް ދެކޭނެ ބައެއް ކަމަށާއި މިއަހަރަކީވެސް އެއަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ހިދުމަތްކުރެވޭ އަހަރަކަށްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ފުލުހުން ހިދުމަތުގައި މިންކުރެވިގެންދާ ގޮތް މިދިޔަ އަހަރަށްވުރެ މަތިވާނެ ކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ މި ޗެލެންޖް ގަބޫލުކޮށް އަތުކުރި އޮޅާލައިގެން ފުލުހުންގެ ހިދުމަތަށް ހުރިހާ ފުލުހުން ނިކުތުމަކީ އެދޭ އެދުމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.

"އަސާސީ ތަމްރީނަކީ އެންމެ ފުރަތަމަ ފުލުހަކަށް ވުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް. ކުރިއަށް ދިވެހި ފުލުހުންގެ ހިދުމަތުގައި ދިޔުމަށް ބޭނުންވާ ތަމްރީނު ހޯދުމާއި އެކިއެކި އުކުޅުތައް ދަސްކުރުމާއި މިކަންކަމާއި އާލާވެ ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތަމުން ހިދުމަތުގައި އެއް ދުވަހަށް ވުރެ ފުރިހަމަ ހިދުމަތެއް އަނެއް ދުވަހު ދިނުމަށް އަޒުމް ކަނޑައެޅުމަކީ މި ކެރިއާގަ ތިކުދިންނަށް ކުރިއަށްދިޔުމަށް އަޒުމް ކަނޑައަޅައިގެން ދާންޖެހޭ މިސްރާބު" މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

މިނިސްޓާ ވަނީ ރާއްޖޭގައި ފުލުހުން ދެމުން އަންނަނީ އުނދަގޫ ހިދުމަތެއް ކަމަށާއި ކޮންމެ ތަނެއްގައި ޑިއުޓީކުރަން ޖެހުނަސް އެންމެ ރަނގަޅަށް ހިދުމަތް ކުރުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުލުހުންގެ ހިދުމަތް ގާއިމްކުރަމުންދާއިރު މި އަހަރު ނިމުމުގެ ކުރިން ގިނަ ރަށްރަށުގައި ފުލުހުންގެ ހިދުމަތް ގާއިމްވެގެންދިޔުމަކީ އަމާޒެއް ކަމަށާއި އެތަންތަނަށް ފުލުހުން ޑިޕްލޮއި ކުރެވޭނެ ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ފުލުހުން މިއަދު ކުރަމުންދާ މައިގަނޑު މަސައްކަތްތަކުގެ ތެރެއިން ހާއްސަ 4 މަސައްކަތެއް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަައެވެ. އެގޮތުން ރާއްޖެއިން ޑްރަގްސް ނައްތާލުމާއި ގޭންގް ހަދައިގެން ކުށްކުރާ މީހުން ހުއްޓުވުމުގެ އިތުރުން ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީންގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުމާއި ކުށުގެ ވެއްޓަށް ހުށައެޅިފައިވާ އަދި ހުށައެޅެމުންދާ ކުޑަކުދިން ސަލާމަތް ކުރުމަށް މިނިސްޓަރ ވަނީ ތަމްރީނު ހޯދުމަށް ފަހު ފުލުހުންގެ ހިދުމަތާއި އަލަށް ގުޅޭ ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ފުލުހުންގެ 38ވަނަ އަސާސީ ތަމްރީނު ޕްރޮގްރާމްގައި މިއަހަރު ވަނީ 127 ދަރިވަރުންވަނީ ބައިވެރިވެ ސަނަދު ހާސިލުކޮށްފަ އެވެ. މީގެތެރޭގައި ހިމެނެނީ 37 އަންހެނުންނާއި 90 ފިރިހެނުންނެވެ. މިރަސްމިއްޔާތުގައިވަނީ އެކި ސްކޮޑްތަކުން ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމު ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް