ads
ތިނަދޫ ކައުންސިލުން ވައްކަންކުރިކަމަށް ބުނާ މައްސަލަ ބަލަން ފުލުހުން އެ ކައުންސިލްގައި
ތިނަދޫ ސިޓީ ކައުންސިލުން ވައްކަން ކުރި ކަމަށް ނުބެލެވޭ: ޕޮލިސް
މިހާތަނަށް ބެލި ބެލުމުން ތިނަދޫ ސިޓީ ކައުންސިލް އިން ވައްކަމުގެ އެފަދަ ކަަމެއް ހިނގާފައިވާކަަމަށް ނުބެލޭ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކޮށްފިއެވެ.
Advertisement

ތިނަދޫ ސިޓީ ކައުންސިލް އިން ވައްކަން ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާކަމަށް އެ ފަރާތުން ބުނެއެވެ.

މިހާތަނަށް ބެލި ބެލުމުން ވައްކަން ކޮށްފައިވާ ކަަމަށް ނުބެލެވޭ ނަަމަވެސް އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން ދާކަމަށް އެ ފަރާތުން ބުނެއެވެ.

ތިނަދޫ ސިޓީ ކައުންސިލުން ވަނީ އޭސީސީގެ ނަމުގައި ބަޔަކު ވަދެ ގިނަ އަދަދެއްގެ ތަކެތި އެ ކައުންސިލްގެ އިދާރާއިން ވަގަށް ނަގާފައިވާކަމަށް ބުނެފައެވެ.

ކައުންސިލުން އާއްމުކޮށްފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ކައުންސިލްގެ ބައެއް ފައިލްތަކާއި އެހެނިހެން ތަކެތި ވަނީ ބިންމައްޗަށް އުކާލާފައެވެ.  އަދި ފުލުހުން މި މައްސަލަ ބަލަމުން އަންނާތީ ކައުންސިލްގެ ބައެއް ހިދުމަތްތައް މެދުކެނޑިފައިވާކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.  

މިމައްސަލައާ ގުޅިގެން ތިނަދޫ ސިޓީ މޭޔަރު ސައުދު އަލީ ވަނީ " ސީއެންއެމް" އަށް ވާހަކަދައްކާފައެވެ.

މޭޔާރު ވިދާޅުވީ މިއީ ކޮންމެ ފަދަ ކަމެއް ކުރާކަށް އިތިއޯޕިއާ ފަދަ ގައުމެއް  ނޫން ކަމަށެވެ. އެ ދާއިރާގެ މަޖިލިސް މެމްބަރު  ސައުދުﷲ ހިލްމީ އަށް އިޝާރާތްކުރަމުން މޭޔަރު ސައުދު އަަލީ ވިދާޅުވީ އޭނާގެ 1 އަހަރުގެ ތެރޭ އޭނާ ކުރި އެންމެ ބޮޑު ތަރައްގީގެ މަސައްކަތަކީ ތިނަދޫ "ސިޓީ" ގެ ދަރަޖަ އުވާލުމަށް ކުރެވުނު މަސައްކަތް ކަމަށާއި އެކަން ނާކާމިޔާބުވިކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

"އެކަން ނާކާމިޔާބުވުމުން ރައްޔިތުންގެ މަޖިލީހުގެ ނެޓު ހެޑު ބޭނުންކޮށްގެން އޭސީސީ އާއި ކައުންސިލްއާ ގުޅޭގޮތުންނއެކި އެކި މައްސަލަތައް ހުށަހަޅަމުން ގެންދިޔައީ ، އެއީ ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް މަޖިލީގަށް ހޮވިފައި ހުރި މެމްބަރަކު ރައްޔިތުންގެ ސަބަބުން އިނތިހާބުވެފައި ހުރި ކައުންސިލކަށް ދެކޮޅަށް މައްސަލަ ހުށަހަޅާ ހަމައެކަނި ގައްދާރަކީ ސައުދުﷲ ހިލްމީ" ސައުދު އަލީ ވިދާޅުވިއެވެ.

އޭނާ ހުށަހެޅި މައްސަލަތައް ބެލުމަށް ކަަމަށް ބުނެ ކައުންސިލްގެ މޭޔަރު ރަށުގައި ނެތްވަގުތުގައި އެ ދަނޑިވަޅުބަލާފައި 3 މީހަކު ، ކައުންސިލްތެރެއަށް ވަދެ އެތާ ތެރޭގައި ތިބެ ، އެތަން ހިސާރުކޮށްގެން ، ކައުންސިލްގެ މުވައްޒަފުން ނެތް ވަގުތަކާ ބަލާފައި ، އަތުޖެހުނުހާ އެއްޗެއް ހިފައިގެން ފިލި ކަމަށް ތިނަދޫ ސިޓީ މޭޔަރު ވިދާޅުވިއެވެ. އެކަން ހިނގީ އިއްޔެގެ މެންދުރު 2:00 ގެ ފަހުންކަމަށްވެސް މޭޔަރު ވިދާޅުވިއެެވެ.

"ފުލުހުންނަށް މިއަދު ހެނދުނު މައްސަލަ ހުށަހަޅާގެން ، ކައުންސިލްއާއެކު ހަރަކާތްތެރިވަމުން ދަނީ އަދި ސާފެއް ނުވޭ ކޮންކޮން ލިޔެ ކިޔުންތަކެއް ކަމެއް، ކޮންކޮން ފައިލް ތަކެއް ކަމެއް ކޮން ކޮން ސާމާނު ތަކެއް ކަމެއް ގެންދިޔައީ ، ގައުމުގެ ހާލަތު މިފެންނަނީ ، މިހާރު ވައްކަން ކުރަނީ މިނިވަން މުއްއްސަސާތަކުގެ މީހުން " މޭޔަރު ސައުދު އަލީ ވިދާޅުވިއެވެ.

ވައްކަން ކުރަން ދިޔަ ބަޔަކީ ސައުދުﷲ ހިލްމީ ބޭނުންވާކަން ކަން ހާސިލް ކުރުމަށް ދިޔަަ ބައެއް ކަމަށް މޭޔަރު ވިދާޅުވިއެވެ. މިއަދު މިހާލަތު އޮތް ގޮތުން އަދުގެ ރައީސުލްޖުމްހުރިއްޔާއަށްވެސް ސަލާމަތާއި ރައްކާތެރިކަން އޮތްކަމެއްވެސް ގަބޫލުފުޅު  ނުކުރައއްވާކަމަށް މޭޔަރު ވިދާޅުވިއެވެ.

ފުލުހުން މައްސަލަ ބަލަމުންދާއިރު އޭސީސީ ވަން ކައުންސިލްުން ފަތުރާ ވާހަކަ ދޮގުކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް