ads
ޑިމޮކްރެޓްސް
ޑިމޮކްރެޓްސްގެ ރައީސަކަށް އިންތި، ނައިބަކަށް ވައްޑޭ ހޮވައިފި
ޑިމޮކްރެޓްސްގެ ހުސްވެފައިވާ ރައީސްގެ މަގާމަށް އިމްތިޔާޒު ފަހުމީ އަދި ފިރިހެން ނައިބު ރައީސްގެ މަގާމަށް މުހައްމަދު ވަހީދު (ވައްޑެ) ހޮވުނުކަން މިރޭ އިއުލާނުކޮށްފި އެވެ.
Advertisement

ޑިމޮކްރެޓްސް އިން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މަޖިލިސް މެންބަރުންނާއި، އާންމު މެންބަރުން ބައިވެރިވެފައެވެ. އޮންލައިންކޮށް ވެސް ޖަލްސާގައި މެންބަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ހަސަން އަފީފު ހިމެނިވަޑައިގަންނަވަ އެވެ.

ރައީސްކަމުގެ މަގާމަށް އިންތި ކުރިމަތިލެއްވިއިރު 34 ވޯޓުން އެ މަގާމު އިންތި ވަނީ އެ މަގާމަށް މިރޭ ހޮވައި، އެ ކަން އިއުލާނުކޮށްފައެވެ. އަދި ނައިބު ރައީސަކަށް ވައްޑޭވަނީ ހޮވައިފައެވެ.

އެއާއެކު، ވަގުތީ ގޮތުން ރައީސްކަމުގައި ހުންނެވި ޕާޓީގެ ނައިބު ރައީސްގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފިރުޝާން ވަނީ ޖަލްސާގެ ރިޔާސަތު އިންތިއަށް ހަވާލުކުރައްވައިފައެވެ.

ޑިމޮކްރެޓްސްގެ ސިޔާސީ ހަރަކާތްތައް މަދު ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭ އެ ޕާޓީން ބޮނޑިބަތް ޕާކުގައި ޖަލްސާތަކެއް ބާއްވައި އަޑުއުފުލައިފައިވެއެވެ.

ޑިމޮކްރެޓްސްއިން މި ފަހުން ހަސަން ލަތީފާއި ޝިފާޒުގެ އިތުރަށް ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުކަން ކުރެއްވި އަލީ އާޒިމާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ވަނީ އެމްޑީޕީއަށް ސޮއިކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް