ads
ދިރާގު ވިން އަ ސްޕީޑް ބޯޓު ޕްރޮމޯޝަނުގެ އިނާމުގެ ގޮތުގައި ދޭ ލޯންޗު - ފޮޓޯ/ދިރާގު
ދިރާގު ލޯންޗުގެ ނަސީބުވެރިޔާ ހޮވުން ބުރާސްފަތިދުވަހުގެ ރޭ
ދިރާގު "ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ ގުރުވަތު ނެގުން މި ބުރާސްފަތި ދުވަހުގެ ރޭ، 08:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވަން ނިންމައިފިއެވެ.
Advertisement

ދިރާގުން މިދިޔަ އަހަރު ބޭއްވި ޕްރޮމޯޝަން " ވިން އަ ޓެސްލާ" އަށް ފަހު ދެ ވަނަ ފަހަރަށް ދިރާގުން ކުރިޔަށް ގެންދިޔަ " ވިން އަ ސްޕީޑް ބޯޓު" ޕރޮމޯޝަން ގެ ދަށުން  އަލް ޝާލީ މެރިން މަޖެލަން 32 ބޯޓެއް، ޔަމަހާ އައުޓްބޯޑް އިންޖީނާ އެކު ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށްހުޅުވާލުމުން ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި މި އިނާމު ހާސިލުކުރާނެ މީހަކީ ކޮބައިތޯ ބެލުމަށް އާންމުންގެ ތެރޭގައި ޝައުގުވެރިކަން ދަނީ އިތުރުވަމުންކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ބުނީ، މެޖެލަން 32 ސްޕީޑްބޯޓަކީ ރާއްޖޭގައި ބޯޓު އުފެއްދުންތެރިކަމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ އަލް ޝާލީ މެރިން މޯލްޑިވްސްއިން ފަރުމާކޮށްފައިވާ ލޯންޗެއް ކަމަށާއި މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަށް މި ހައި ސްޕީޑް ލޯންޗާ އެކު 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް ޔަމަހާ އިންޖީނު ވެސް ލިބޭނެ ކަމަށެވެ.

ޔަމަހާއަކީ ރާއްޖޭގައި 50 އަހަރު ދުވަހުގެ ޚިދުމަތުގެ ތަޖުރިބާ ލިބިފައިވާ، ދުނިޔޭގެ ނަން މަޝްހޫރު، އައުޓްބޯޑް އިންޖީނަށް ޚާއްސަ ބްރޭންޑެކެވެ.

"ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ ގުރުވަތު ނެގުމަށް ބާއްވާ ފޯރިގަދަ އިވެންޓުގައި އެކިއެކި ދިވެހި މިއުޒީޝަނުންގެ ލައިވް ހުށަހެޅުންތައް ފެންނާނެ ކަމަށާއި މި އިވެންޓް ކުރިއަށްދާނީ، ގިނަ ރަހަތައް ހިމެނޭ ފުޑް ސްޓޯލްތަކާ އެކީގައިކަން ދިރާގުން ވަނީ ފާހަގަކޮށްފައެވެ.

ދިރާގުން އަންނަނީ ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް މި ފަދަ ޚާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ދިރާގުގެ ކަސްޓަމަރުން ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެހީތެރިވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް