މި ބައްދަލުވުން ފެނިގެންދިޔައީ ކަޕިލް ޝަރުމާގެ މަޝްހޫރު ޓީވީ ޝޯ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ" ގެ އާ އެޕިސޯޑަކުންނެވެ. މި އެޕިސޯޑުގައި ސިދޫ ވަނީ މަލައިކާއާ ބެހޭގޮތުން ވަރަށް މަޖާ އަދި ޝައުގުވެރި ވާހަކަތަކެއް ހިއްސާކޮށްފަ އެވެ.
މަލައިކާ ދަތުރުކުރާއިރު ގެންގުޅޭ އެހީތެރިންގެ ބޮޑު ޓީމާ ބެހޭގޮތުން ސިދޫ ވަނީ ވަރަށް ބޮޑަށް ސަމާސާކޮށްފައެވެ. ސިދޫ ބުނި ގޮތުގައި މަލައިކާ އެއް ތަނުން އަނެއް ތަނަށް ދާއިރު 56 މީހުންގެ ބޮޑު ޓީމެއް އޭނާގެ ފަހަތުގައި އުޅެއެވެ. މިއީ މަލައިކާގެ މަޝްހޫރުކަން ހުރި މިންވަރު އަންގައިދޭ ކަމެއް ކަމަށް ސިދޫ ބުންޏެވެ.
ނަމަވެސް، އެހާ ގިނަ ބަޔަކު ގޮވައިގެން އުޅުނަސް މަލައިކާގެ އުޅުން ވަރަށް އާދައިގެ ކަމަށް ބުނެ ސިދޫ ވަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ސިދޫ ފާހަގަކުރި ގޮތުގައި މަލައިކާ އަކީ ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ތަރިއަކަށް ވިޔަސް، އޭނާގެ ކިބައިގައި އެއްވެސް ބޮޑާކަމެއް ނެތެވެ. މި އެޕިސޯޑުގެ ބައިތައް މިހާރު ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;