ads
ގެއްލިގެން ހޯދާ ޗައިނަ ޓޫރިސްޓު
ގެއްލުނު ޗައިނާ އަންހެނާގެ މައްސަލަ ޗައިނާ އެމްބަސީން ފުލުހުންނަށް ހުށަހަޅައިފި
މިދިޔަ އަހަރު އޮކްޓޯބަރު މަހު ރާއްޖެ އައިސް ގެއްލިފައިވާ ޗައިނާ އަންހެނެއްގެ މައްސަލަ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ފުލުހުންނަށް ހުށަހަޅައިފި އެވެ.
Advertisement

މި މައްސަލަ ހުށަހެޅީ އެ އަންހެން މީހާ އާއިލާއާ ގުޅިފައި ނުވާތާ ގިނަ ދުވަސްތަކެއް ވުމާ ގުޅިގެންނެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ގެއްލިފައިވާ އަންހެން މީހާއަކީ ސޫ ޒިއޯނިން އެވެ. އޭނާ ރާއްޖެ އައީ މިދިޔަ އަހަރުގެ އޮކްޓޯބަރު 13 ވަނަ ދުވަހު ޓޫރިސްޓު ވިސާގައެވެ. އަދި މާލޭގައި ހުރި ގެސްޓުހައުސްއަކުން އޮކްޓޯބަރު 24 ވަނަ ދުވަހުގެ ހެނދުނު ޗެކްއައުޓް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި ސޫ ޒިއޯނިން ރާއްޖެއިން ފުރައިގެން ގޮސްފައެއް ނުވެ އެވެ. އަދި އޭނާ އުޅޭ ތަނެއް ނުވަތަ އޭނާއާ ބެހޭ އިތުރު މައުލޫމާތެއް ވެސް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

ފުލުހުން ވަނީ ސޫ ޒިއޯނިންއާ ބެހޭ މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް