ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ކުޅިވަރު ދާއިރާގައި މުހިންމު ކަންތައްތަކެއް ހުރި ކަމަށެވެ. އޭގެ ތެރޭގައި ކުޅިވަރުގެ ނިޒާމު ހަރުދަނާކުރުމާއި، މޮޅެތި ކުޅުންތެރިން އުފެއްދުމާއި، ކުޅުންތެރިންގެ މެޑިކަލް އަދި އިންޝުއަރެންސްގެ ކަންތައްތައް ހިމެނެއެވެ.
މިނިސްޓަރު ރާފިއު ވިދާޅުވި ގޮތުގައި މި މަގާމަށް އައުމުގެ ކުރިން ވެސް ކުޅިވަރު ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އަދި އެ ތަޖުރިބާގެ އަލީގައި މިހާރު މިނިސްޓަރުކަމުގެ މަގާމުގައި ހުރެ ކުޅިވަރު ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ކުޅުންތެރިންނާއި އެސޯސިއޭޝަންތަކާ ގާތުން މަސައްކަތްކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.