އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިކަން ހާމަކުރެއްވީ މިއަދު ބޭއްވި "އެނުއަލް ޖޮއިންޓް އެޑިޔުކޭޝަން ސެކްޓަރ ރިވިއު" ސަމިޓުގައެވެ. މި ޕްރޮގްރާމަކީ މުޅި ރާއްޖޭގައި 23 ސްކޫލެއް ހިމެނޭގޮތަށް ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ.
އަތޮޅުތެރޭގެ ސްކޫލުތަކުގައިވެސް މި ޕްރޮގްރާމްގެ ސަބަބުން ފާހަގަކުރެވޭ ކުރިއެރުމެއް ލިބިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އަތޮޅުތެރޭގައި މަތީ ސާނަވީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދު 54 ޕަސަންޓަށް އިތުރުވެފައިވެއެވެ.
މި ޕްރޮގްރާމްގެ ކާމިޔާބީއާއެކު، މާލޭގައި އޭލެވެލް ކިޔެވޭނެ ޖާގަ އިތުރުކުރުމަށް އާ މަސައްކަތްތަކެއް މިއަހަރު ފެށޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ.