މި އެއްބަސްވުމުގައި ސޮއިކުރީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި ތިން ކައުންސިލެކެވެ.
މި އެއްބަސްވުމުގެ ދަށުން ދ. އަތޮޅު ކައުންސިލަށް ދ. މިދިގަސްގަލި އަދި ދ. ފެންފުށި ހަވާލުކޮށްފައިވާއިރު، ރ. އިނގުރައިދޫ ކައުންސިލަށް ރ. ނެޔޮ އަދި ލ. މާވަށު ކައުންސިލަށް ލ. ބޮޑުމާބުޅަލި ހަވާލުކޮށްފައިވެއެވެ. މިއީ ރާއްޖޭގެ އެންމެ އަގުބޮޑު އެސެޓްތައް ލާމަރުކަޒީ އުސޫލުން ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލެވޭ ފުރަތަމަ ފަހަރެވެ.
ސަރުކާރުން މިހާތަނަށް 28 ރަށެއް ކަނޑައަޅައި ރައްޔިތުންނަށް ދޫކޮށްފައިވާއިރު، މި ރަށްތަކުގެ މަންފާ ސީދާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މިއީ ކައުންސިލްތަކުގެ އިހްތިސާސްގެ ބޭރުން ފަޅުރަށްތައް ކައުންސިލްތަކާ ހަވާލުކުރެވޭ ފުރަތަމަ ފަހަރެވެ.