ads
ލޯކަލް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ސަރުކާރުން އެހީތެރިވާނެ: މިނިސްޓަރު
ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ސަރުކާރުން އެހީތެރިވާނެކަމަށް ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ ކައުންސިލްތަކާ ފަޅުރަށްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަތޮޅުތެރޭގެ ރަށްތަކުގެ ހާލަތު ރަނގަޅުކުރުމަކީ މިވަގުތު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. އަދި މިކަން ހާސިލުކުރެވޭނީ ކައުންސިލްތަކާއި ސަރުކާރު ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ވިދާޅުވިއެވެ.

ފަޅުރަށްތައް ކައުންސިލްތަކާ ހަވާލުކުރުމުގެ މައިގަނޑު މަގުސަދަކީ ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މިގޮތުން 28 ރަށަކަށް ފަޅުރަށް އެވޯޑުކުރުމަށް ވަނީ ހުޅުވާލެވިފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ލ. މާވަށު ކައުންސިލަށާއި ރ. އިނގުރައިދޫ ކައުންސިލަށް އެއް ފަޅުރަށް އަދި ދ. އަތޮޅު ކައުންސިލަށް ދެ ފަޅުރަށް ވަނީ ހަވާލުކުރެވިފައެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މާލެ ސިޓީ ކައުންސިލާ އަޅާބަލާއިރު އަތޮޅުތެރޭގެ ކައުންސިލްތަކަށް ލިބޭ އާމްދަނީ މާ މަދެވެ. މިކަމުގެ ސަބަބުން އެ ކައުންސިލްތަކަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން، ކައުންސިލްތަކަށް ރަށްތައް ދޫކުރުމުން އެ ރަށްތަކުގައި ރައްޔިތުންނަށް ފައިދާވާނެ މަސައްކަތްތަކެއް ކުރުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް