މި މަސައްކަތަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.
މާލެ ސިޓީ ކައުންސިލުން ބުނެފައިވާގޮތުން މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުންނެވެ. އަދި މި މަސައްކަތުގެ ތެރޭގައި ކުނި ނެގުމުގެ އިތުރުން، ބާ ވެހިކަލްތައް ނެގުމާއި މަގުތަކުގެ ކާނުތައް ސާފުކުރުން ހިމެނެއެވެ.
ރޯދަމަހަކީ އާންމު މަސްތަކާ އަޅާބަލާއިރު މަގުމައްޗަށް އުކާލާ ކުނި އިތުރުވާ މަހެއް ކަމަށްވާތީ، މި މަސައްކަތަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ކައުންސިލުން ބުނެއެވެ. އަދި މިއީ ރޯދަމަހުގެ އަޅުކަމާއެކު މާލެ ސާފުތާހިރުކޮށް ބޭއްވުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށްވެސް ކައުންސިލުން ފާހަގަކުރެއެވެ.