ads
މާލޭގެ ވައި ނުސާފުވެފައި: ފޮޓޯ އެޓޯލް ޓައިމްސް
މާލޭ ސަރަހައްދުގެ ވައި ނުސާފުކަމުން، އޮރެންޖް އެލާޓް ނެރެފި
މާލެ ސަރަހައްދަށް ، ވައި ނުސާފުވުން ބޮޑުވެފައިވާތީވެ އޮރެންޖް އެލާޓް ނެރެ، ސަމާލުވެ މާސްކް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި އެވެ
Advertisement

ސާފު މިންވަރު ބަލާ "އައިކިއު އެއާ" ގެ ހިސާބުތަކުން ދައްކާ ގޮތުގައި މާލޭގެ ވައިގެ ތެރޭގައި ނުރައްކާތެރި މާއްދާތައް ނުވަތަ "ފައިން ޕާޓިކިއުލޭޓް މެޓާ" ހުރި މިންވަރު ވަނީ ރައްކާތެރިކަމަށް ބަލާ މިންވަރަށްވުރެ 8.3 ގުނަ މައްޗަށް ގޮސްފައެވެ. މިއީ ސިއްހީ ގޮތުން ބަލާއިރު ސަމާލުވާންޖެހޭ ފަދަ ނުރައްކާތެރި މިންވަރެކެވެ.

މި ދުވަސްވަރަކީ އިރުވައި މޫސުން ފެށި، ރާއްޖޭގެ މޫސުން ބަދަލުވަމުންދާ ދުވަސްވަރު ކަމަށްވާތީ އިންޑިއާ އާއި ހިމާލަޔާ ސަރަހައްދުން ޖެހޭ ވައިގެ ސަބަބުން ރާއްޖޭގެ ޖައްވު ވަނީ ވަރަށް ބޮޑަށް ފުސްވެފައެވެ. އުތުރުން ޖެހޭ ވައިގެ ތެރޭގައި ހިރަފުހާއި ދުމުގެ އަސަރު އެކުލެވޭތީ، މާލޭގެ އިތުރުން ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވެސް ވަނީ މީގެ އަސަރުކޮށްފައެވެ. މި ހާލަތުގެ ސަބަބުން ލޮލަށް ފެންނަ ހިސާބު ނުވަތަ "ވިޒިބިލިޓީ" ކުޑަވެފައިވާއިރު، ނޭވާލާ ނިޒާމުގެ ބަލިތައް ތަހައްމަލުކުރާ މީހުންނާއި ކުޑަކުދިން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން އިންޒާރު ދެއެވެ.

އެޗްޕީއޭގެ އިރުޝާދު

  • ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރަށް ނުކުންނަން ޖެހޭ ހާލަތުގައި ރައްކާތެރި މާސްކު އެޅުން
  • ބޭރުގެ ނުސާފު ވައި ނުވަންނާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
  • އެއާ ޕިއުރިފައިއާ ބޭނުން ކުރުން
  • ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުން

އެޗްޕީއޭއިން ބުނި  އޮރެންޖް އެލާޓުގައި ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް