ads
ޕްރިޔަންކާ ޗޯޕްރާ.
ނިކް ޖޯނަސްގެ ފޮޓޯޝޫޓް ފެނި ޕްރިޔަންކާ ހައިރާންވެއްޖެ
ނިކް ޖޯނަސްގެ އާ ފޮޓޯޝޫޓެއް އިންސްޓަގްރާމްގައި ޝެއަރކޮށް، އޭނާގެ އަންހެނުން ޕްރިޔަންކާ ޗޯޕްރާ ހައިރާން ވާކަމަށް ބުނެފިއެވެ.
Advertisement

ޕްރިޔަންކާ އިންސްޓަގްރާމް ސްޓޯރީއެއްގައި ނިކްގެ ފޮޓޯ ޝެއަރކުރުމާއެކު، އަލިފާނުގެ އިމޯޖީއަކާއެކު "ޑޭމް" މި ލަފްޒު ލިޔެފައިވެއެވެ. މިއީ 2018 ވަނަ އަހަރު ކައިވެނިކުރި މި ދެ ތަރިން އެކަކު އަނެކަކަށް ކުރާ ލޯބީގެ ނިޝާންތަކުގެ ތެރެއިން އެއް ނިޝާނެވެ.

މިވަގުތު ޕްރިޔަންކާ ވަނީ އިންޑިއާގެ ހައިދަރުއާބާދުގައި އެސްއެސް ރާޖަމޯލީގެ އާ ފިލްމު އެސްއެސްއެމްބީ29 ގެ ޝޫޓިންގައެވެ. އެ ފިލްމުގައި އޭނާ މަސައްކަތްކުރަނީ މަޝްހޫރު ތަރި މަހޭޝް ބާބޫއާ އެކުގައެވެ. އަދި ޝޫޓިންގ ފެށުމުގެ ކުރިން އޭނާ ވަނީ ޗިލްކުރު ބަލާޖީ މަންދިރަށް ޒިޔާރަތްކޮށް، އާ މަސައްކަތަށް ފަށައިގަތުމުގެ ކުރިން ރަސްކަލާނގެ ހަޒުރަތުން ދުޢާ އެދިފައެވެ.

ޕްރިޔަންކާ އަކީ ނިކްގެ ކެރިއަރަށް އެންމެ ބޮޑު އެއްބާރުލުމެއް ދޭ އެއް ފަރާތެވެ. އަދި އޭނާގެ ކޮންސެޓްތަކަށާއި އެހެނިހެން ހަރަކާތްތަކަށް އަބަދުވެސް ޕްރިޔަންކާ ހާޒިރުވެ އެހީތެރިކަން ފޯރުކޮށްދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް