ރައީސް ޑރ، މުހައްމަދު މުއިއްޒުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް މަގާމުން ވަކިކުރިކަން ރައީސްް އޮފީހުން ބުނިނަމަވެސް އެކަމުގެ ތަފްސީލެއް އެ އޮފީހުން ދީފައެއް ނުވެއެވެ.
ފައިސަލް ވިދާޅުވީ މިނިސްޓަރުކަމުގެ މަގާމުން ވަކިކުރިކަން އަންގައި ރައީސް އޮފީހުން ފޮނުވި ލިޔުން ލިބިވަޑައިގަތީ މިއަދު ހެނދުނުކަމަށެވެ.
ރައީސް އޮފީހުން ބުނީ ފައިސަލް މަގާމުންވަކިކޮށް މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދުއާ ރައީސް ހަވާލުކުރައްވާފައިވާކަމަށެވެ.
ޓްއަރިޒަމް މިނިސްޓަރުކަމަށް ފައިސަލް އައްޔަންކުރުމުން ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވިއެވެ.
ފައިސަލް މިނިސްޓަރުކަމުން ވަކިކުރައްވާފައި މިވަނީ އޭނާ އެއްވެސް ރަސްމީ ދަތުރެއް ނުކުރުމަށް ރައީސް އޮފީހުން އެންގިކަމަށް މިދިޔަ ހަފްތާގައި އަޑު ފެތުރިފައިވަނިކޮށެވެ. އަދި ރައީސް އެންމެ އިތުބާރުކުރައްވާ އަދި އެމަނިކުފާނުގެ އެންމެ އަރިސްކޮށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ އާ ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާކަމަށްވެސް އަޑު ފެތުރިފައިވަނިކޮށެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ އަބްދުއްރަހީމް އައްޔަންކުރެއްވީ އެމަނިކުފާނުގެ އެޑްވައިޒަރަކަށެވެ. އެ މަގާމަށް އައްޔަންކުރެއްވީ ސީނިއާ މިނިސްޓާރުން ފެންވަރުގައެވެ. އޭގެ ފަހުން މަޖލިސް އިންތިހާނބުގައި ލިބުނު ސުޕާ މެޖޯރިޓީއާ އެކު އަބްދުއްރަހީމް ވަނީ މަޖިލިހުގެ ރައީސްކަމަށް އައްޔަންކޮށްފައެވެ.
ރައްޔިތުން މަޖލީހުގެ އިންތިހާބުގެ ކެމްޕެއިންގައި ރަޢީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު އެންމެ އިތުބާރުކުރައްވާ އަދި އެ ބޭފުޅަކަށްޓަކައު އެންމެ ފަހުރުވެރިވާ ބޭފުޅަކީ އަބްދުއްރަހީމްކަމަށެވެ.