
މުރައިދޫ ފުލުހުންގެ މަރުކަޝޒުގެ ބިންގާ އަޅާފައި މިވަނީ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ފެެއްޓެވި ދަތުރުގެ ފުަތަމަ މަންޒިލެއްގެ ގޮތުން އެރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މަރުކަޒުގެ ބިންގާ އަޅުއްވާ ދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާންއެވެ.
ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މިހާރު ޕޮލިސް ސްޓޭޝަން ނެތް 46 ރަށެއްގައި 2027 ގެ ކުރިން ޕޮލިސް ސްޓޭޝަންތައް އަޅާ ނިންމާނެކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހއ. މުރައިދޫއަށް ރައީސް ވަޑައިގަތުމުން އެރަށު ރައްޔިތުން މަރުހަބާ ކިޔަނީ
ހއ. އަތޮޅަށް ރައީސް މުއިއްޒު މިއަދު ފެއްޓެެވި ދަތުރރުގައި އެ އަތޮޅުގެ 10 ރަށަކަށް ވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަމު އަދި އުތީމަށެވެ.