ads
މުރައިދޫގައި ބީއެމްއެލް އޭޓީއެމް ބެހެއްޓުމަށް ސޮއިކުރުން
ހއ. މުރާދޫގައި އޭޓީއެމް ބަހައްޓަން ބީއެމްއެލްއިން ސޮއިކޮށްފި
ހއ. މުރާދޫގައި އޭޓީއެމް ބަހައްޓަން ބޭންކް އޮފް މޯލްޑިވްސްއާ އެރަށު ކައުންސިލާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

މި އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ މިއަދު ރައީސް ޑރ.މުހައްމަދު މުއިއްޒު ހއ އަތޮޅަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި އެއަތޮޅުގެ ފުރަތަމަ މަންޒިލް ކަަމަށްވާ މުރާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިޔާތުގައެވެ.

ބީއެމްއެލް އޭޓީއެމް ބެހެއްޓުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މުރާދޫ ކައުންސިލް ރައީސް އަދި ބީއެމްއެލްގެ ސިއީއޯ،މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްއެވެ.

މި އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއެއް ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 7 ގައި އިފްތިތާހުކޮށްފައެވެ. އެކަމުގެ އެއްބަސްވުމުގައި އިކޮނިމިކް މިނިސްޓްރީއާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެކު ވަނީ ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. 

މި މަޝްރޫއުގެ ދަށުން ފުރަތަމަ އޭޓީއެމް ބެހެއްޓީ އދ. އޮމަދޫގައެވެ. އެއީ ބީއެމްއެލް އިން ބެހެއްޓި 150 ވަނަ އޭޓީއެމްއެވެ. މި މަޝްރޫއެގެ ދަށުން އޭޓީއެމްތައް ބެހެއްޓުމަށް ނިންމާފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމ ފިޔަވަހީގައި 17 ރަށެއްހައި އޭޓީއެމް ބަހްއޓާއިރު މި މަސައްކަތް އަންނަ އަހަރގެ މާރިޗު 17 އަށް ނިންމާނެއެވެ. ދެވަނަ ފިޔަވަހީގައި 56 އޭޓީއެމް ބަހައްޓާއިރު މި މަޝްރޫއުގެ އެންމެ ފަހު ފިޔަވަހީގައި 30 އޭޓީއެމް ބެހެއްޓުމަށް ވަނީ ނިންމާފައެވ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް