ads
އެންމެ ފަހުން ޕޮޒިޓިވްވީ މީހާ ކުރިން ބަލިޖެހިފައިވާ މީހަކާ ދިމައެއް ނުވޭ: މަބްރޫކް
މާލެއިން އެންމެ ފަހުން ޕޮޒިޓިވްވެފައިވާ މީހާއަކީ ކުރިން އެ ބަލި ހުރިކަން އެނގޭ މީހަކާއި ބައްދަލުވެފައިވާ މީހެއް ނޫންކަމަށް ކޮވިޑް19 ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ ފަހުގެ މަޢުލޫމާތުތައް ދިނުމަށް ސަރުކާރުން ކުރިޔަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ރޭ ކޮވިޑް-19 އަށް ޕޮޒިޓިވްވީ އާ ކްލަސްޓާއެއް ކަމަށެވެ.

މަބްރޫކް ވިދާޅުވެފައި ވަނީ މާލެއިން ފެނިފައިވާ 15 ވަނަ މި ކޭސްގައި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ބޭންކެއްގައި މަސައްކަތްކުރާ އުމުރުން 28 ވަރަކަށް އަހަރުގެ ޒުވާން ފިރިހެނެއް ކަމަށެވެ. މި މީހާގެ ސާމްޕަލް ނަގާފައިވާ ކަމަށް ވަނީ އިއްޔެ މެންދުރު އެވެ. އަދި އޭނާ ވައިރަސް އަށް ޕޮޒިޓިވްވިކަން ޔަގީން ކުރެވިފައިވަނީ ރޭގެ ވަގުތެއްގައެވެ. 

މި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، ކުރިން ބަލި ޖެހިފައިވާކަން ދެނެގަނެވިފައިވާ ފަރާތްކާއި އޭނާ ބައްދަލު ނުވާކަން އެނގިފައިވުމުން، މުޖުތަމައުގެ ތެރޭގައި މި ވައިރަސް ޖެހިފައިވާ އިތުރު މީހުންވެސް ތިބެދާނެ ކަމަށް ބެލެވޭކަމަށް ރޭގެ ޕްރެސް ކޮންފެރެންސްގައި ވަނީ ބުނެފައެވެ.

އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއިއެކު މިހާރު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 35 އަށް އަރައިފައެވެ. އަދި މާލެ އިން އެކަނިވެސް ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 15 އަށް އަރާފައެވެ. މިހާތަނަށް މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 15 މީހުންގެ ތެރެއިން 14 މީހުންނަކީ ދިވެހިންނެވެ. ދެން މާލެއިން މި ބަލި ޖެހިފައިވަނީ ބަންގްލަދޭޝް މީހަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް