ads
ރައީސް މުއިއްޒު ދިއްދޫ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަނީ
ދެން ދިއްދޫއަށް އަންނާނީ އެއާޕޯޓަށް ޖައްސާ ބޯޓުގައި : ރައީސް
ދިއްދޫއަށް ދެން ވަޑައިގަންނަވާނީ އެރަށުގައި އަޅާ އެއާޕޯޓަށް އަލަށް ޖައްސާ މަތިންދާބޯޓުގައިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

މިރޭ ދިއްދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނު ވައުދުވެޑައިގެން ގޮތަށް އެރަށުގައި އެއާޕޯޓް އަޅާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ދިއްދޫގެ އެއާޕޯޓަކީ ދިއްދޫގެ ތަރައްގީއާއި ހއ އަތޮޅާއި ސަރަހައްދީ ތަރައްގީގެ ވިސްނުމުގައި ކުރަންޖެހޭކަމެއްކަމަށައި އެކަން ކުރާނެކަމަށެވެ.  

ރައީސް ވިދާޅުވީ އެއާޕޯޓްގެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ވަނީ ގިނަ މަސައްކަތްތަކެއް ތަރުތީބު ކުރެވިފައިކަމަށެވެ. އެގޮތުން އެމްޓީސީސީއަށް ބައެއް މަސައްކަތް އަދި ބޭރުގެ ފަރާތްތަކާއި އެކީވެސް ފްރޭމް ވޯކް އެގްރިމެންޓެއްގައި ސޮއިކޮށް ގިނަ މަސައްކަތްތަކެއް ފެށިފައިވާކަމަށެވެ. އަދަި މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ބިން ހިއްކުމާއި އެކީ ފެށޭ ހިސާބުން ބާރު ސްޕީޑުގައި ގެންގޮސް ނިންމާދޭނެކަމަށެވެ.  

ރައީސް މުއިއްޒު ވިދާޅުވީ މި ވެރިކަމުގައި ދެން އެމަނިކުފާނު ދިއްދޫއަށް ވަޑައިގަންނަވާނީ އާ އެއާޕޯޓަށް ކަމަށެވެ. އަދި އިދިކޮޅު ޕާޓީތަކުގެ މެމްބަރުންވެސް ފުރަތަމަ ފްލައިޓުން އަންނާކަމަށް ގަބޫލުކުރެވޭކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" އަޅުގަނޑު ދެން މިރަށަށް އަންނާނީ އެ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި އެ އެއާޕޯޓް ހުޅުވަން. އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ހީވޭ އެ އެއާޕޯޓުން އެންމެ ފުރަތަމަ ޓިކެޓް ނަގައިގެން ވަޑައިގަންނަވާނެ ބޭފުޅުންގެ ގޮތުގައި އަޅުގަނޑުމެންނާއި ސިޔާސީ ގޮތުން އިދިކޮޅު ބޭފުޅުން ހިމެނޭނެހެން." ރައީސް މުއިއްޒު ވިދާޅުވިއެވެ. 

your imageދިއްދޫ ރައްޔިތުން ރައީސް މުއިއްޒަށް މަރުހަބާ ކިޔަނީ. އެރަށުން ރައީސްއަށް ކިޔާފައިވަނީ ހޫނު މަރުހަބާއެއް 

ދިއްދޫއަށް ވައުދުވެޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން އެރަށުގައި އަޅާ ދުނިޔޭގެ ފެންވަރުގެ ސްޓޭޑިއަމްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފައްޓަވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މީގެއިތުރުން ދިއްދޫގެ ކަރަންޓް ކެޕޭސިޓީ އިތުރުކޮށް މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް