އިދިކޮޅު އެމްޑީޕީގެ ބޮޑު ހިނގާލުން ރޭގަނޑަށް ބަދަލުކޮށްފި
މުހައްމަދު އާދަމް އަހްމަދު
28 ޖެނުއަރީ 2025 - 23:01:00
އިދިކޮޅު އެމްޑީޕީން "ގާނޫނުއަސާސީގެ ދިފާއު" ގެ ނަމުގައި ބާއްވާ ބޮޑު ހިނގާލުން ރޭގަނޑަށް ބަދަލުކޮށްފިއެވެ.
މިމަހުގެ 31 ވަނަ ދުވަހު އެޕާޓީން ބާއްވަން ތައްޔާރުވަމުން އަންނަ ހިނގާލުން ކުރިން ބާއްވަން ނިންމާފައި އޮތި އެދުވަހުގެ ހަވީރުއެވެ.
އެހެންނަމަވެސް އެޕާޓީން މިރޭ ވަނީ އެދުވަހުގެ ހިނގާލުން އޮންނަ ވަގުތު ބަދަލުވެއްޖެކަން ހާމަކޮށްފައެވެ. އެގޮތުން އެ ހިނގާލުން މިހާރު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ 20:00 ގައި ކަމަށް އެމްޑީޕީން ބުނެއެވެ. އަދި ހިނގާލުން ފެެށޭނީ އާޓިފިޝަލް ބީޗް ސަރަހައްދުންކަމަށްވެސް އެޕާޓީން ބުނެއެވެ.
"ގާނޫނުއަސާސީގެ ދިފާއު" ގެ ނަމުގައި އެމްޑީޕީން ވަނީ މދިޔަ މަހު މާލޭގައި ބޮޑު ޖަލްސާއެެއްވެސް ބާއްވާފައެވެ. ޑިސެމްބަރު 10ގައި ކާނިވާ ސަރަހައްދުގައި ބޭއްވި މި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް