ads
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ހއ. ދިއްދޫގައި ފެށުން
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ދިއްދޫގައި ރަސްމީކޮށް ފަށައިފި
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ހއ. ދިއްދޫގައި ރަސްމީކޮށް ފަށައިފި އެވެ.
Advertisement

މި ރަސްމިއްޔާތުގައި މި ހިދުމަތް ދިއްދޫގައި ރަސްމީކޮށް ފަށްޓަވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނާ އެވެ.

ދިއްދޫއަކީ ތިލަދުންމަތީ އުތުރުބުރީގެ ވެރިކަން ކުރާ ރަށަށްވެފައި، އެކި ބޭނުންތަކުގައި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު އަރާ ފައިބާ ރަށެއްކަމުން، އާންމު ރައްޔިތުންނާ ގުޅުންހުރި މިފަދަ މުހިންމު ޚިދުމަތެއް ރައްޔިތުންނާ ގާތުން ލިބޭނެ މަގުފަހިވެގެން ދިޔުމުން ދިއްދޫއާއި އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށްވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަން ސަރުކާރުން ފާހަގަކުރައްވަ އެވެ.

މި ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ ރައީސް ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އަތޮޅުގެ ވެރިކަން ކުރާ ރަށް ދިއްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

ދިއްދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިއްދޫ އެއާޕޯޓަކީ އެރަށާއި އުތުރުގެ ހަތަރު އަތޮޅު ހިމެނޭހެން ތަރައްގީކުރުމުގައި ސަރުކާރުން ގެންގުޅޭ ޕްލޭންގައި ވެސް މުހިންމު މަޝްރޫއެއް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އެއާޕޯޓު މަޝްރޫއު ހަގީގަތަކަށް ހައްދަވައިދެއްވާނެކަމަށް ރައީސް މިރޭ ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް މި އަހަރު ތެރޭ ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައި ބިން ހިއްކައި ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ވެސް ނިންމަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ދެން އިރާދަ ކުރެއްވިއްޔާ އަޅުގަނޑު މި ރަށަށް އަންނާނީ އެ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި އެއާޕޯޓު ހުޅުވަން. އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ހީވޭ އެއާޕޯޓުން އެންމެ ފުރަތަމަ ޓިކެޓު ނަގައިގެން ވަޑައިގަންނަވާ ބޭފުޅުންގެ ގޮތުގައި އަޅުގަނޑުމެންނާ ސިޔާސީ ގޮތުން އިދިކޮޅު ބޭފުޅުން ހިމެނޭނެހެން،" ރައީސް ވިދާޅުވި އެވެ.

ހއ. އަތޮޅުގައި ދެން އެއާޕޯޓެއް އޮންނަނީ އިހަވަންދިއްޕޮޅުގައި، ހޯރަފުށީގަ އެވެ. އެއީ ދިއްދުއާ 16 ވަރަކަށް މޭލު ދުރެވެ. ދިއްދުއާ އެންމެ ކައިރީގައި އޮންނަނީ ހދ. ހަނިމާދޫ އެއާޕޯޓެވެ. އެއީ ދިހަ ވަރަކަށް މޭލުގަ އެވެ.

ދިއްދޫގައި އިންޓަނޭޝަނަލް ފުޓްބޯލް ގްރައުންޑެއް އެޅުމުގެ އިތުރުން ރިޔާސީ އިންތިހާބުގައި ވެ ވަޑައިގަތް ހުރިހާ ވައުދެއް ވެސް ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް