ރަތަފަންދޫ ކައުންސިލުން ވަނީ މިމަސައްކަތްތަކުގެ ޑިޒައިން، ޑިވެލޮޕްމަންޓް، އޮޕަރޭޝަން، އަދި މެނޭޖްމަންޓްގެ މަސައްކަތައް ފަޅުރައްތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން ސިޓީއެއް ހުށަހަޅައިގެން 10 ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަން ވާނެކަމަށް ބުނެފައެވެ.
ކައުންސިލުން ބުނީ ޝައުގުވެރިވެ ޝަރުތުހަމަވާ ދިވެހި އަދި ބޭރުގެ އިންވެސްޓަރުންނަށް ވެސް މި ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
ރަތަފަންދޫ ޓޫރިޒަމް އެންޑް އެގްރިކަލްޗަރަލް ލޭންޑް ޒޯންގައި ކުރިގެންދާނެ އެ މަޝްރޫއުތަކުގެ ތަފްސީލު:
ކައުންސިލުން ބުނި ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ސިޓީގައި އެ ފަރާތެއް ނުވަތަ ކުންފުނީގެ ތަފްސީލުގައި ކުންފުނީގެ ޕްރޮފައިލް، ބޭންކް ސްޓޭޓްމަންޓް، ރެޖިސްޓްރީ ކޮޕީ، ޓައިޓަލް/ޕޮޒިޝަން، އެޑްރެސް، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު ހިމެނަން ޖެހޭނެ ކަމަށެވެ. އަދި ކުއްޔަށް ހިފާފައިވާ ފަރާތް ނުވަތަ ކުންފުނިން ލީސް އެކްވިޒިޝަން އަގު ދެއްކުމަށް ބަލައިގަންނަން ވާނެކަމަށް ރަތަފަންދޫ ކައުންސިލުން ބުނެއެވެ.
ކައުންސިިލުން މައުލޫމާތުދޭގޮތުގައި ސިޓީ ހުށަހެޅޭނެ އެންމެ ފަހު ވަގުތަކީ އަންނަ މަހުގެ 8 ވަނަ ދުވަހު މެންދުރު 1 ޖެހުމާ އައި ހަމައަށެވެ. އަދި ކައުންސިލުން އިންތިޒާމް ކުރާ މިކަމާ ބެހޭ އިތުރު މައުލޫމާތު ދޭ ސެޝަނެއް އަންނަ މަހުގެ 17 ގައި އޮންނާނެއެވެ.
މިކަމުގެ ބިޑް ކުރާ މަރުހަލާ ، މުރާޖާ ކުރުމުގެ މަރުހަލާ ކުރިއަށް ދާނެގޮތާއި އެނޫނަަސް އިތުރު މައުލޫމާތު ވަނީ ގެޒެޓްގައި ހާމަކޮށްފައެވެ.