މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ މިނިސްޓަރު އަލީ އިހުސާނެވެ.
ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމުގެ ސިޔާސަތުގެ ދަށުން އައިޑީ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާކުރަމުން ދާއިރު، މިހާރު ވަނީ ހއ. ދިއްދޫގައިވެސް އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށާފައެވެ. މީގެ އިތުރުން ރ. އުނގޫފާރުގައިވެސް މި ހިދުމަތް ވަނީ ފަށާފައެވެ.
ސަރުކާރުން މިދިޔަ ނޮވެމްބަރު މަހު އާންމުކުރި މަގުޗާޓުގައިވާ ގޮތުން މި އަހަރުގެ ނިޔަލަށް ކޮންމެ ސިޓީއަކާއި އަތޮޅެއްގައި ކަނޑައެޅޭ ވަކި ސަރަހައްދުތަކުގައި މި ހިދުމަތްތައް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މިއީ ރައީސް މުއިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.