
މިރޭ 8:00 ގައި ފެށޭ މި ހަފްލާގައި ދިވެހި ފަންނާނުންގެ މިއުޒިކަލް ޕަފޯމަންސްތަކާއި ފުޑް ސްޓޯލްތައް ހިމެނޭއިރު، މި ހަރަކާތް ޓީވީ ޗެނަލްތަކުންނާއި ފޭސްބުކް މެދުވެރިކޮށް ލައިވްކޮށް ދައްކާނެއެވެ.
ދިރާގުގެ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި މި ޕްރޮމޯޝަންގައި އަލްޝާލީ މެރިންގެ "މަޖެލަން 32" ލޯންޗެއް ހަދިޔާގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ލޯންޗަކީ 12 މީހުންގެ ޖާގައިގެ 32 ފޫޓުގެ ލޯންޗެކެވެ. މީގެ އިތުރުން މި ލޯންޗުގައި ޔަމަހާގެ 175 ހޯސްޕަވަރުގެ ދެ އިންޖީނު ހަރުކުރެވިފައިވާއިރު، އަރާމު ޑެކަކާއި ކެބިންއަކާއި ބަދިގެއެއް ވެސް ހިމެނެއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ޑިސެމްބަރަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ. އަދި 2023 ވަނަ އަހަރުވެސް ދިރާގުން ވަނީ ޓެސްލާ ކާރެއް ހަދިޔާކުރުމުގެ ބޮޑު ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައެވެ.