ލޯންޗްތަކެއްގައި އެރަށަށް ދިޔަ ބިދޭސީންގެ ތެރެއިން ފުރަތަމަ ހޯދުނު 19 މީހުން ވަނީ ހަމަ އެދުވަހު ރިސޯޓަށް ފޮނުވާލާފައިކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ. ނަމަވެސް އެހެން ބިދޭސީން ރަށުގައި ދިރިއުޅޭ ބިދޭސީންނާއެކު އެކި ތަންތަނަށް ފޮރުވިގެން ދިއުމުން ހޯދަން އުނދަގޫވި އެވެ.
ލުހުންގެ އެހީތެރިކަމާއެކު ބާކީ ތިބި 41 ބިދޭސީން ވެސް ހޯދައި، އެމެރަލްޑް ރިސޯޓަށް ފޮނުވާލެވިފައިވާ ކަމަށް އެ ރަށު ކައުންސުން ބުނެއެވެ. މި މައްސަލަ ބަލަމުން އަންނަކަން ފުލުހުން ވެސް ވަނީ ސީއެންއެމްއަށް ކަށަވަރުކޮށްދީފައެވެ.
އިމިގްރޭޝަނުން މިހާރު ހިންގަމުންދާ އޮޕަރޭޝަންގެ ދަށުން އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރެއްގެ ތެރޭގައި 5،000 ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.