ads
ސްޓެލްކޯގެ ރެކްރިއޭޝަން ކުލަބް އިފްތިތާހު ކުރި ރަސްމިއްޔާތުގެ ތެރެއިން
ސްޓެލްކޯ ރެކްރިއޭޝަން ކްލަބު އަލުން އުފައްދައިފި
ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް، ސޓެލްކޯ ގެ ރެކްރިއޭޝަން ކްލަބު އަލުން އުފައްދައިފިއެވެ.
Advertisement

އިއްޔެ ބޭއްވި އެ ކްލަބްގެ އިފްތިތާހީ ޖަލްސާގައި ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީ ވަނީ ރެކްރިއޭޝަން ކުލަބަކީ ކުންފުނީގެ މުވައްޒަފުންގެ އަހުލާގު ހިފެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރި ކުލަބެއްކަން ފާހަގަކުރިއެވެ. ފަހުމީ ވިދާޅުވީ ރެކްރިއޭޝަން ކުލަބް އަލުން ވުޖޫދުކުރުމުގެ އެއް ބޭނުމަކީ އެ އަހުލާގު އަލުން މުވައްޒަފުންގެ ތެރޭގައި އަށަގެންނެވުން ކަމަށެވެ. 

އޭރުގެ ސްޓެލްކޯގެ އިސްވެރިން ރެކްރިއޭޝަން ކުލަބް މެދުވެރިކޮށް ކުންފުނީގެ މުވައްޒަފުންގެ އަހުލާގު ވަކި ގޮތަކަށް ބައްޓަންކުރުމަށް ވަރަށް ބޮޑަށް ބާރުއެޅުއްވިކަން ފާހަގަކުރައްވާ ފަހުމީ ވިދާޅުވީ އޭރު ކުންފުނީގަ ތިބީ ނަމޫނާ މުވައްޒަފުންތަކެއް ކަމަށެވެ.

"ވަރަށް ގިނަގުނާ ކާމިޔާބީތަކެއް ސްޓެލްކޯއަށް އޭރުގެ ރެކްރިއޭޝަން ކްލަބުން ހޯއްދަވައިދެއްވި ކްލަބެއް ކްލަބަކީ. އޭގެ އެންމެ ބޮޑު ފައިދާއެއް ކުރީ ކްލަބަކަށް ނޫން. އޭރުގަ ހިންގި ރެކްރިއޭޝަން ކްލަބް އަދި މިއަދުގެވެސް ރެކްރިއޭޝަން ކްލަބުން އެންމެ ބޮޑު ފައިދާއެއް ކުރީ މިއަދުގެ ސްޓެލްކޯއަށް" ފަހުމީ ވިދާޅު ވިއެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައި ސްޓްލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޒިރު ވިދާޅުވީ، އެސްއާރްސީ އަކީ ގައުމީ ފެންވަރުގެ ހިދުމަތްތެރި، މޮޅު މީހުން އުފައްދާފައިވާ ކާމިޔާބު މާޒީއެއް އޮތް ކުލަބެއް ކަމަށާއި، ރެކްރިއޭޝަން ކުލަބަކީވެސް މާޒީއެއް އޮތް އަދި އެ މާޒީގައި ވަރަށް ރަނގަޅު ނަތީޖާތަކެއް ދައްކައިދީފަ އޮތް ކުލަބެއް ކަމަށެވެ.

"ކުންފުނީގެ މުވައްޒަފުންގެ ވަރަށްބޮޑު އުއްމީދެއް އަޅުގަނޑުމެންގެ ރެކްރިއޭޝަން ކުލަބް އަލުން އަނބުރާ ވުޖޫދަށް އައުމަކީ. އެއީ އަޅުގަނޑުމެންގެ މި ހިދުމަތް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދިޔައިރުގަ، އަޅުގަނޑުމެންގެ ރެކްރިއޭޝަން ކުލަބްގެ ހަރަކާތްތައް ފެނިގެންދިޔައީ މުވައްޒަފުންގެ މެދުގަ އޮންނަންޖެހޭ އެއްބައިވަންތަކަމާ ކުޅިވަރުގެ ރޫހުގެ ތެރެއިން އަޅުގަނޑުމެން ހިދުމަތް ދިނުމަށް." ނާޒިރު ވިދާޅުވިއެވެ.

ނާޒިރު އިތުރަށް ވިދާޅުވީ މުވައްޒަފުންގެ އެއްބައިވަންތަކަމާއި ދުޅަހެޔޮކަމަށްޓަކާ ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އެސްއާރްސީގެ ހަރަކާތްތަކުގެ ތެރެއިން ކުރެވިގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ސްޓެލްކޯ ރެކްރިއޭޝަން ކުލަބުން މި އަހަރު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި މި އަހަރު ބައިވެރިވުމަށް ހަމަޖެހިފައިވާ އެކިއެކި މުބާރާތްތައް ހިމެނޭ އެކްޓިވިޓީ ކަލަންޑަރެއްވެސް ވަނީ އިޢުލާނުކޮށްފައިވެއެވެ. އަދި ކުލަބްގެ ވެބްސައިޓާއި ލަވަވެސް މި ރަސްމިއްޔާތުގައި އިފްތިތާހުކޮށްފައިވާއިރު، ކުލަބްގެ ހަރަކާތްތައް ޕްރޮމޯޓްކުރުމަށާއި، ކުލަބް ކުރިއެރުވުމަށް ކަނޑައަޅާފައިވާ މަންދޫބުންނާއި އެމްބެސެޑަރުންގެ ގޮތުގައި ހަމަޖެއްސި ފަރާތްތައް އިއުލާނުކޮށް، އެ ފަރާތްތަކަށް ސެޓްފިކެޓު ހަވާލުކުރުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް