ސިނގިރޭޓް އުފައްދާކަމުގެ މައުލޫމާތު ލިބިގެން ރޭ ފުލުހުން ވަދެ ބަލާ ފާސްކޮށްފައިވަނީ ހ. ހުޅުގަލީގައި ހިންގާ ޕްރައިވެޓް އޮފީހަކަށެވެ. އެތަނަށް ފުލުހުން ވަދެ ގިނަ އަދަދެއްގެ ފޮށިތަކެއް ނެރިގެން ފުލުހުން ގެންދިޔަ މަންޒަރު ވަނީ ފެނިފައެވެ.
ފުލުހުން އެ އިމާރާތައް ވަދެފައިވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެެއްގައި ބުނީ ރޭ ހިންގި ރެއިޑްގައި 103 ކާޑުބޯޑު ފޮށިގަނޑު އަތުލައިގެންފައިވާ ކަމަށެވެ. އޭގެތެރޭގައި ދުންފަތް ހުރި ފޮށިގަނޑުތަކެއް ހުރިކަމަށްވެސް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ރާއްޖޭގައި ބޭނުން ކުރުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ އިސްލާހު ގެނެސް އަމަލުރަން ވަނީ ފަށާފައެވެ. އެ އިސްލާހަށް އަމަލުކުރަން ފެށުމުން ބިޑި އަދި ސުއްޓާ ފަދަ ދުންފަތުގެ ބާވަތްތައް އަމިއްލަ އަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ކުރުން މަނައެވެ.
ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާ ނަމަ އެތަކެތި ހިފަހައްޓަން ހެލްތު މިނިސްޓްރީން ވަނީ ކަސްޓަމްސަށް ވެސް އަންގައިފައެވެ.