މިއާއެކު ގިނަ ބަޔަކު މިނިސްޓަރަށް ތައުރީފްކުރަން ފެށި ނަމަވެސް ދިވެހި ފިލްމީ ތަރި، އަބްދުﷲ މުއާޒު (މުއާ) ވަނީ މިކަމަކީ މިނިސްޓަރު މަހްލޫފް އާންމުންގެ ސަމާލުކަން ހޯދަން ކުރެއްވި ކަމެއް ކަމަށް ބުނެފަ އެވެ.
މުއާ އޭނާގެ ފޭސްބުކްގައި ބުނެފައި ވަނީ އާންމުންގެ ސަމާލުކަން ހޯދަން ޑެލިވަރީގެ މަސައްކަތަށް ނިކުމެވަޑައިގަންނަވަން މިނިސްޓަރު މަހްލޫފަށް ނުޖެހޭ ކަމަށާއި އެއީ ސަމާލުކަން ހޯދަން އުޅުނަސް ބޮޑުވަރު ކަމަށް ބުނެފަ އެވެ.
މި ޕޯސްޓާއެކު އެތައް ބަޔަކު މުއާއަށް ފާޑުކިޔަމުން ބުނެފައި ވަނީ މިހާލަތުގައި ޑެލިވަރީގެ ހިދުމަތް ލަސްވެ އާންމުންގެ އެތައް ކަންބޮޑުވުންތަކެއް ހުރިއިރު އެކަން އަވަސް ކުރުމަށްޓަކައި މިނިސްޓަރު ކުރެއްވި މަސައްކަތަށް ސާބަސް ހައްގު ކަމަށެވެ. އަދި މިއީ އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށާއި ފިތުނަ އުފައްދަންވީ ވަގުތު ނޫން ކަމަށް މީހުން ބުންޏެވެ.
އޭގެ އިތުރުން އަނެއް ބަޔަކު ވަނީ ވަރަށް ބޮޑަށް މުއާއަށް ފާޑުކިޔާފަ އެވެ. އަދި ބުނީ، އޭނާ "ކުކުޅު ގަރުދިޔަ" އަނބިމީހާއަށް ކައްކައިދިނުމަށް ފަހު އެކަން ސޯޝަލް މީޑިއާގައި ހިއްސާކުރުމަކީ ވެސް ސަމާލުކަން ހޯދަން ކުރި ކަމެއް ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ފިލްމީ ތަރި، މަރިޔަމް އައްޒަ (އައްޒަ) އާއި މުއާ ކައިވެނިކޮށްފައިވާއިރު އެމީހުން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އުޅޭ ނޫޅޭގޮތް ހިއްސާކުރަމުންނެވެ.