މިއީ ކުންފުނިން ޓެކުހަށް 156 މިލިއަން ރުފިޔާ ދެއްކުމަށްފަހު ލިބުނު ފައިދާ އެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ދިރާގުގެ ފައިދާއަކީ 1.1 ބިލިއަން ރުފިޔާ އެވެ.
ދިރާގަށް މިދިޔަ އަހަރު އެންމެ ގިނަ އާމްދަނީ ލިބިފައިވަނީ މޯބައިލް ހިދުމަތްތަކުންނެވެ. އެގޮތުން މޯބައިލް ހިދުމަތްތަކުން 1.4 ބިލިއަން ރުފިޔާ ލިބުނު އިރު، ފިކްސްޑް ބްރޯޑްބޭންޑާއި ވިޔަފާރި ހިދުމަތްތަކުން 1.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ކުންފުނީގެ މާލީ ހިސާބުތަކުން އެނގޭ ގޮތުގައި އެންމެ ގިނަ އާމްދަނީއެއް ލިބިފައިވަނީ ހަތަރު ވަނަ ކުއާޓަރުގައެވެ. އެއީ 709.5 މިލިއަން ރުފިޔާ އެވެ. އަދި 2022 ވަނަ އަހަރާ އަޅާބަލާއިރު 2023 ވަނަ އަހަރު ދިރާގުގެ ޖުމުލަ އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ.