
އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި ހިނގާލުމުގައި ސަލާމަތީ ބާރުތަކުން ބައިވެރިވެ، މުޒާހަރާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިން ކަމަށް ހީނާ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ މި ސަރުކާރުގެ އަމާޒެއް ކަމުގައި ހީނާ ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަ ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކުގެ ތެރެއިން މިފަދަ ހަރަކާތްތައް ހިންގުމުގެ މިނިވަންކަން ދެމެހެއްޓުން ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.
މި ސަރުކާރުން ހުރިހާ ފަރާތްތަކަކަށް ވެސް ހަމަހަމަ ކަމާއެކު އަސާސީ ހައްގުތައް ކަށަވަރުކޮށްދޭނެ ކަމަށް ހީނާ ބުންޏެވެ.
އެމްޑީޕީން ރޭ ވަނީ 'ފުދިއްޖެ ފުނޑިއްޖެ' ނަމުގައި މަގުމަތީގައި ހިނގާލުމެއް ބާއްވާފައެވެ. އެ އެއްވުމުގައި ގިނައަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.