ads
ހދ.ހަނިމާދޫ ފޮޓޯ އައިލެންޑް އައިއައި ޑޮޓް ކޮމް
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި
ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
Advertisement

ހިރިމަރަދޫ އަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެކެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ވެސް ހިރިމަރަދޫގެ އާބާދީ ދަނީ އަހަރުން އަހަރަށް ދަށަށެވެ. އެގޮތުން 2014 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި ރަށުގައި ދިރިއުޅޭ އާބާދީއަކީ 314 މީހުންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ސީއެންއެމްއަށް މައުލޫމާތު ދެމުން ހިރިމަރަދޫ ކައުންސިލް ރައީސް މުހައްމަދު ވަހީދު ވަނީ ހިރިމަރަދޫ ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ބޭނުންވާކަމަށް ހާމަކޮށްފައެވެ. ރައްޔިތުން ބޭނުންވަނީ ކ.ތުލުސްދޫއަށް ބަދަލުވާން ކަމަށާއި ސަބަބަކީ އެއީ ކުށްމަދު ރަށަކަށްވެފައި ހރިމަރަދޫ ރައްޔިތުން މާލޭ އަތޮޅުގެ ވެރިކަން ކުރާ ރަށަށް ބަދަލުވުމަކީ ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށް ވާތީ ކަމަަށެވެ.

އެއާއެކު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިޔައީ ހައުސިން މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް މިނިސްޓްރީއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ

ރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަަދަލުވާން ބޭނުންވާ މައިގަނޑު މަގްސަދަކީ ރަށުގެ އާބާދީ މަދުވުމާއި، ތައުލީމާއި ސިއްހީ ނިޒާމް އެންމެ އެކަށިގެންވާވަރަށް ނެތުމާއި އަދި ރަށުގެ ގިނަ އަދަދެއްގެ ބަޔަކު އެހެން ރަށްރަށަށް ހިޖުރަކޮށްފައި އޮތުމުގެ ސަބަބުން ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް