ads
އެވިޑް ކޮލެޖުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކޮލެޖުގެ ރެކްޓާ މުސްތާގު ރަޝާދު (މ)ގައި އާއި އެކު ޑރ. ސުނީނާ -- ފޮޓޯ: އެވިޑް ކޮލެޖު
އެވިޑްގެ ޑެޕިއުޓީ ވައިސް ރެކްޓާގެ މަގާމަށް ޑރ. ސުނީނާ
އެވިޑް ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާގެ މަގާމަށް ޑރ. ސުނީނާ ރަޝީދު ހަަމަޖައްސައިފި އެވެ.
Advertisement
އެވިޑް ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާގެ މަގާމަށް ޑރ. ސުނީނާ ރަޝީދު ހަަމަޖައްސައިފި އެވެ.

ސުނީނާ އަށް މިއަދު މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ މަގާމުގެ ކުރިއެރުން ލިބިވަޑައިގެންނެވި ބޭފުޅުންނަށް ލިޔުން ހަވާލުކުރުމަށް މިއަދު އެވިޑް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި އެތަނުގެ ރެކްޓާ މުޝްތާގު ރަޝާދު އެވެ.

ސުނީނާ މީގެކުރިން ހުންނެވީ އެވިޑް ކޮލެޖުގެ ފެކަލްޓީ އޮފް ރިސާޗް އެންޑް އިނޮވޭޝަންގެ ޑީންގެ މަގާމުގަ އެވެ.

އެވިޑް ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާގެ މަގާމަށް ހަމަޖައްސާފައިވާ ޑރ. ސުނީނާ އަކީ ނިމިދިޔަ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި ބޭފުޅެކެވެ.

ސުނީނާ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލްކުރެއްވި ދެ ބޭފުޅުންގެ ތެރޭގައިވެސް ހިމެނޭ ބޭފުޅެކެވެ.

ސުނީނާއާ އެކު އެވިޑް ކޮލެޖުގައި ވައިސް ރެކްޓާގެ މަގާމުގައި އެހެން ބޭފުޅަކު ވެސް ހުންނަވަ އެވެ. އެއީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އަހްމަދު ފަޔާޒު އެވެ.

މީގެއިތުރުން މިރަސްމިއްޔާތުގައި ވަނީ އެވިޑް ކޮލެޖުގެ އެގްޒެކްޓިވް ޑީންގެ މަގާމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު އައްޔަންކުރައްވާ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވާފަ އެވެ. ޒިޔާދު މީގެކުރިން ހުންނެވީ އެވިޑް ކޮލެޖުގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ޑީންގެ މަގާމުގަ އެވެ. އަދި އެވިޑް ކޮލެޖުގެ ބިޒްނަސް މެނޭޖްމަންޓްގެ ޑީން އަކަށް ކުރިން އެތަނުގައި ޑެޕިއުޓީ ޑީން އަކަށް ހުންނެވި އަލީ ނާފިޒު ހަމަޖައްސަވާ އޭނާ އަށް ވެސް މިއަދު ވަނީ މަގާމު ލިޔުން ހަވާލުކުރައްވާފަ އެވެ.

މިރަސްމިއްޔާތުގައި އެވިޑް ކޮލެޖުގެ ރެކްޓަރު މުސްތާގު ރަޝާދު ވިދާޅުވީ މަގާމުތަކަށް ގެނެވުނު ބަދަލާ އެކު އެވިޑް ކޮލެޖަށް އިތުރު ކުރިއެރުމާއި އިތުރު ކާމިޔާބީތަކެއް ހާސިލްވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް