ads
ތިނަދޫ ސިޓީ
ތިނަދޫ ފްލެޓަށް ހުޅުވާލީ ހުއްދަނެތި. ބާތިލުކުރަން މިނިސްޓްރީން އަންގައިފި
ތިނަދޫ ސިޓީގައި އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ސިޓީގެ ކައުންސިލުން ހުޅުވާލީ ހުއްދަ ނުނަގައި ކަމަށް ބުނެ، އިއުލާނު ބާތިލު ކުރަން ހައުސިން މިނިސްޓްރީން އެ ކައުންސިލަށް އަންގައިފިއެވެ.
Advertisement

ތިނަދޫގައި އެޅި 200 ހައުސިން ޔުނިޓަށް ކުރިމަތިލާން ތިނަދޫ ސިޓީ ކައުންސިލުން ހުޅުވާލީ  މިދިޔަ ބުދަ ދުވަހުއެވެ. 

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ހައުސިން ޔުނިޓު އިމާރާތްކުރުމާއި އެތަންތަން އެކި ފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ކުރުމާއި ވިލަރެސްކުރުމުގެ މަސައްކަތަކީ އެ މިނިސްޓްރީގެ މެންޑޭޓޫގައި ވާކަމެއްކަމަށެވެ. 

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތްކުރެވޭ ހައުސިން ޔުނިޓުތައް ހަވާލުކުރެވޭނީ މިނިސްޓްރީން އެންޑޯސްކޮށް ހުއްދަދޭ އުސޫލުތަކާ އެއްގޮތަށް ކަން މިނިސްޓްރީގެ ބަޔާނުގައިވެއެވެ. 

" ތިނަދޫގައި އިމާރާތްކުރެވެމުންދާ 200 ހައުސިން ޔުނިޓުތަކަކީ މިނިސްޓްރީގެ ބެލުމުގެ ދަށުން އިމާރާތްކުރެވޭ ހައުސިން ޔުނިޓުތަކަކަށް ވެފައި މި ޔުނިޓުތައް ދޫކުރުމަށް އިއުލާންކުރުމުގެ ކުރީން ހައުސިން ޔުނިޓުތައް ދެވޭނޭ އުސޫލު ފައިނަލް ކުރުމާއި އެޕްލިކޭޝަން މަރުހަލާ ކުރިއަށް ގެންދަންވާނީ މިނިސްޓްރީގެ އިރުޝާދުގެ ދަށުން." މިނިސްޓްރީން ނެރުނު ބަޔާނުގައިވެެއެވެ.

މިނިސްޓްރީން ވަނީ ތިނަދޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނަކީ މިނިސްޓްރީގެ ހުއްދައެއްނެތި ކޮށްފައިވާ އިއުލާނަކަށް ވުމުން އެ އިއުލާނު ބާތިލުކުރުމަށް އެރަށުގެ ކައުންސިލަށް އަންގާފައެވެ. 

އަދި ހައުސިން ޔުނިޓުތައް ދޫކުރާ އުސޫލު އެންޑޯސްކުރުމަށް މިނިސްޓްރީއަށް ފޮނުވުމަށްވެސް ކައުންސިލަށް ވަނީ އަންގާފައެވެ.  މީގެއިތުރުނ 200 ހައުސިން ޔުނިޓުތައް ހަވާލުކުރުމާ ގުޅޭ މަސައްކަތް މިނިސްޓްރީގެ އިރުޝާދުގެ ދަށުން ކުރުމަށްވެސް ތިނަދޫ ކައުންސިލަށް ހައުސިން މިނިސްޓްރީން ވަނީ އަންގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް