ads
ޖަލުގައި ތިބި ގައިދީންތަކެއް——
ވާނުވާ ބަންދުގައި 400ވުރެ ގިނަ މީހުން، ގިނައީ ޑްރަގުގެ ޒުވާނުން
އެކި މައްސަލަތަކުގައި ބަންދުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ޖަހާފައި ތިބި މީހުންގެ އަދަދު 400 ވުރެ މައްޗަށް އަރާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
Advertisement

ޕީޖީ އޮފީހުން އާއްމުކުރި ހިސާބުތައް ދައްކާގޮތުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޝަރީއަތް ނިމެންދެން ވާނުވާ ބަންދު ޖަހާފައި ތިބި މީހުންގެ އަދަދަކީ 435 އެކެވެެ. މީގެތެރެއިން 364 މީހުން ތިބީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައެވެ. އަދި ރިމާންޑަށް ޖަލަށް ބަދަލު ނުކުރެވި ފުލުހުންގެ ބެލުމުގެ 71 މީހަކު ވާނުވާ ބަންދުގައި ހުރިކަމަށް ޕީޖީ އޮފީހުގެ ހިސާބުތަކުން ދައްކައެވެ. 

ޝަރީއަތް ނިމެންދެން ކަރެކްޝަންގެ ބަންދުކޮށް ތިބީ މީހުންގެ ތެރެއިން ގިނައީ ޒުވާނުންނެވެ. އެގޮތުން ވާނުވާ ބަންދުގައި ކަރަކްޝަންގެ ބެލުމުގެ ދަށުގައި ތިބި 364 މީހުންގެ ތެރެއިން 208 މީހުންނަކީ ޒުވާނުންނެވެ. އޭގެތެރޭގައި 10 އަންހެނުންވެސް އެބަ ތިއްބެވެ. 

ޕީޖީ ހިސާބުތަކުން ދައްކާގޮތުން ވާނުވާ ބަންދުގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންނެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 112 މީހަކު ވާނުވާ ބަންދުގައި އެބަތިއްބެވެ. ދެން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންނެވެ. އެ އަދަދަކީ 96 މީހުންނެވެ. 

ވާނުވާ ބަންފުގައި ތިބި މީހުންގެ ކުށުގެ ބާވަތް (މިމަހުގެ 20ގެ ނިޔަލަށް)

  • މަސްތުވާތަކެތީގެ މައްސަލަތައް  - 112 މީހުން 
  • ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް -96 މީހުން
  • ގޭންގު މާރާމާރީ މައްސަލަތައް - 79 މީހުން 
  • މަރުގެ މައްސަލަތައް - 29 މީހުން 
  • ޓެރެރިޒަމް ކުށުގެ މައްސަލަތައް - 17 މީހުން 
  • ޖިންސީ ގޯނާގެ މައްސަލަތައް - 13 މީހުން 
  • މަނީ ލޯންޑްރިން މައްސަލަތަކާއި އެހެނިހެން މައްސަލަތައް - 05 މީހުން 

ޝަރީއަތް ނިމެންދެން ބަންދިގެ މުއްދަތު ޖަހާފައިވާ މީހުންގެ ތެރޭގައި ހުކުމަކާއި ހަމައަށް ނުގޮސް ބަންދުގައި ތިބޭތާ ހަ އަހަރުވެފައިވާ މީހުންވެސް އެބަ ތިއްބެވެެ. އެގޮތުން ވާނުވާ ބަންދުގައި ހުންނަތާ 6 އަހަރުވެފައި ތިބި ފަސް މީހަކު އެބަ ތިއްބެވެ. އަދި ފަސް އަހަރުވަންދެން ބަންދުގައި ތިބި 8 މީހަކާއި ބަންދުގައި ތިބެތޭ ހަތަރު އަހަރުވި 24 މީހުން އެބަތިބިކަމަށް ޕީޖީގެ ހިސާބުތަކުން ދައްކައެވެ. 

ޝަރީއަތް ނިމެންދެން ބަދުގެ މުއްދަތު ޖަހާފައި ތިބޭތާ އަހަރުވާން ގާތްވެފައި ތިބި 131 މީހަކު ބަންދުގައި ހުރިކަމަށްވެސް ހިސާބުތަކުން ދައްކައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް